އުސްތާޛު 16 އަހަރު ވަންދެން ވަކާލާތު ކުރީ ވަގު ސެޓްފިކެޓެއް ދައްކައިގެން

އިންޑިއާގެ ޖައްމޫ ކަޝްމީރުގައި 16 އަހަރު ވަންދެން ވަގު ސެޓްފިކެޓެއް ދައްކައިގެން ލޯޔަރަކަށް ވެގެން އުޅުނު އުސްތާޒަކު ބޭޒާރު ކޮށްލައިފިއެވެ. ވަކީލު ސައްޖާދު އަހުމަދު ޝާހް 16 އަހަރު ވަންދެން އޮޅުވާލައި މުޅި އިންޑިއާގެ ދަށު ކޯޓުތަކާއި ހައިކޯޓުތަކުގައި ވަކާލާތު ކުރީ ކިހިނެއްތޯ ގާނޫނީ ހުނަރުވެރިކަމުގެ ފަރާތްތަކުން ދަނީ ސުއާލު ކުރަމުންނެވެ.

އޭނާގެ ވަގު ސެޓްފިކެޓް ބޭޒާރުވީ ހައިކޯޓުގެ ޝަރަފްވެރި ވަކީލުންގެ ގިންތިއަށް އޭނާ އުފުއްލެވުމަށް ނިންމައި ބެލި ބެލުމުންނެވެ. އެކަން ހޯދައި ގަނެވުނީ ކިހިނެއް ކަމެއް އަދި އޭނާއާ މެދު އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ޖައްމޫ ކަޝްމީރު ހައިކޯޓުން ނުބުނެއެވެ.

އެކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އުސްތާޒުގެ ވަގު ސެޓްފިކެޓާ ހެދި އޭނާއަށް އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން މަނާ ކޮށްފައިވާ ކަމަށާއި އޭނާގެ ނަން ވަކީލުންގެ ދަފްތަރުން އުނިކުރުމަށް އަންގައި އެފިޔަވަޅު އެޅީ ކަމަށެވެ.

ހިއްސާ ކުރައްވާ!