މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، ޗުއްޓީއަށް: 77 ޕަސެންޓް މަސައްކަތް ނިންމި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމި، މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. މި ދައުރު ނިމުނުއިރު، ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން 77 ޕަސެންޓް ވަނީ ނިންމާފައެވެ.

މަޖިލީހުގެ މި ދައުރު ފެށުނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. މި ދައުރުގައި ޖުމްލަ 32 ޖަލްސާ ބޭއްވިފައިވާއިރު، އެއީ ޖުމްލަ 59 ގަޑިއިރުގެ މަސައްކަތެވެ. މީގެ އިތުރުން، މި ދައުރުގެ ތެރޭގައި 193 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާކަން މަޖިލީހުގެ ރިއާސަތުން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. އެގޮތުން، ފުރަތަމަ ދައުރު އޮންނަނީ ފެބުރުއަރީ މަހުން މެއި މަހަށެވެ. ދެވަނަ ދައުރު އޮންނާނީ ޖޫން މަހުން 15 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު އޮންނާނީ އޮކްޓޫބަރު މަހުން ނޮވެމްބަރު މަހަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މި ދައުރުގައި މަޖިލީހުން ވަނީ ގިނަ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.

މަޖިލީހުގެ ދެވަނަ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!