ޖާންވީ ކަޕޫގެ ހެދުމަށް އެންމެ ސަމާލުކަން ލިބިފަ

ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރު ވަނީ 78 ވަނަ ކާން ފިލްމު ފެސްޓިވަލްގައި އެންމެންގެ ސަމާލުކަން ހޯދާފައެވެ. އޭނެގެ ކަޅު ހެދުމުގެ ސްޓައިލުން ސާބިތުކޮށްދިނީ ކަޅު ކުލައަކީ ބޯދާ ކުލައެއް ނޫން ކަމަށް، ފާޑު ކިޔުންތެރިން ބުނެއެވެ. އޭނާގެ ރީތި ފަރިކަމުން، އެހެދުމުގައި އޭނާ ވަނީ "މެއިން ކެރެކްޓަރ އެނަރޖީ" މުޅި ވެށްޓަށް ފަތުރާފައެވެ. ޖާންވީ ކަޕޫރުގެ މި ފާހަގަ ކުރެވުނު ހެދުމަކީ، އީވް ސެއިންޓް ލޯރަންގެ 1975 ވަނަ އަހަރުގެ ރިވް ގޯޗް ކަލެކްޝަންގެ ޑިޒައިނެކެވެ. މިއީ ފުރަގަހުން ހުޅުވިފައިވާ ކަޅު ގައުނެކެވެ.

މި ސްލީވްލެސް ހޯލްޓަރ-ނެކް ޑިޒައިނުން އޭނާގެ ކަނދުރާއާއި ކޮނޑު ހާމަކޮށްދެއެވެ. އަދި ސޮފިސްޓިކޭޝަނާއި ޒަމާނީ ކަމެއް ފެނިގެން ދިޔައެވެ. މި ގައުނު އޭނާގެ އުނަގަނޑަށް ބާރުވެފައި ފަޔާ ހަމައަށް ތިރިއަށް ދިގުކޮށް ފައިބައިގެން ގޮސްފައި ވެއެވެ. ޖާންވީގެ ދެވަނަ ކަޅު ހެދުންވެސް ރީތިވެފައި މީހުން ސިއްސުވާލިއެވެ. އެއީ ޒުވާން އަންހެނެއްގެ ކޮންފިޑެންސް ދައްކުވައި ދިން ތަފާތު ޑިޒައިނެއް ކަމަށް ފާޑު ކިޔުންތެރިން ބުނެއެވެ.

ހިއްސާ ކުރައްވާ!