އިންޑިއާގެ ހުރިހާ ޕާޓީތަކެއް ހިމެނޭ ވަފުދެއް ކުވެއިތަށް ޒިޔާރަތްކޮށް، އެ ގައުމުގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ރައްޔިތުންނާ ބައްދަލުކޮށް، ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ. ބީޖޭޕީގެ އެމްޕީ ބައިޖަޔަންތް ޕަންޑާ ކުރިއަށްގެންދާ މި ދަތުރަކީ ހަތަރު ގައުމަކަށް ކުރާ ޑިޕްލޮމެޓިކް ދަތުރުގެ ބައެކެވެ.
މި ވަފުދުން ވަނީ އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް އިންޑިއާއިން ދިން ހަމަލަގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، އެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.
ކުވެއިތުގެ ޑެޕިއުޓީ ބޮޑުވަޒީރާއި އަދި ފޮރިން މިނިސްޓަރ އަބްދުﷲ އަލީ އަލްޔަހްޔާއާ އެކު ބޭއްވުނު ބައްދަލުވުންތަކުގައި އިންޑިއާގެ "ޒީރޯ ޓޮލަރަންސް" ސިޔާސަތާއި "ނިއު ނޯމަލް" އެޕްރޯޗް އަށް އަލިއަޅުވާލާފައިވެއެވެ. އަދި ޖައްމޫ އަދި ކަޝްމީރުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް އަމާޒުކޮށް ބޯޑަރު ހުރަސްކޮށް ދެވޭ ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށްފައިވެއެވެ.
ޕަހަލްގާމްގެ ހަމަލާ އެންމެ ފުރަތަމަ ކުށްވެރިކުރި ސަރަހައްދީ ގައުމުތަކުގެ ތެރޭގައި ކުވެއިތު ހިމެނޭއިރު، މި ބައްދަލުވުންތަކުގައި އެ ގައުމުން ވަނީ އިންޑިއާއަށް އެއްބާރުލުން ދޭނެކަން އަލުން ޔަގީންކޮށްދީފައެވެ.
މީގެ އިތުރުން، ރިކޮނައިސަންސް ރިސަރޗްގެ އިސްނެގުމުގެ ދަށުން ކުވެއިތުގެ މަދަނީ މުޖުތަމައުއާއެކު ދީވާނިއްޔާ ސްޓައިލްގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ. އަދި އިންޑިއާގެ ކޮމިއުނިޓީއަށް ޒިޔާރަތްކޮށް، އިންޑިއާގެ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކަށް ލިބޭ ތާއީދު ފާހަގަކޮށްފައިވެއެވެ.







