މެދުތެރޭ އޭޝިއާގެ ޤައުމުތަކާ އިންޑިއާގެ ވިޔަފާރި ގުޅުވާލުމަށް

މެދުތެރޭ އޭޝިއާގެ ގައުމުތައް ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކްމެނިސްތާން، އަދި އުޒްބެކިސްތާން ފަދަ ގައުމުތަކުގެ ލީޑަރުންނާއެކު ނިއުދިއްލީގައި  އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރު އިންޑިއާގެ ކުރިއަރަމުން އަންނަ އިގްތިސާދާއި ވިޔަފާރި، ޓެކްނޮލޮޖީ، އަދި ހަކަތައާ ގުޅިގެން އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޖައިޝަންކަރު ވަނީ ޑިޖިޓަލް އިނޮވޭޝަން، ހެލްތްކެއާ، އަދި ތައުލީމީ ދާއިރާއިން އިންޑިއާއަށް ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާ، ސެންޓްރަލް އޭޝިއާގެ ގައުމުތަކަށް މި ދާއިރާތަކުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފަ އެވެ.

ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އިންޑިއާ ކުރިއަރައި ގެން ދިއުމާއި، އަދި ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވުމުގެ އަމާޒު ހިފާފައި ވުމާއި އެކަމާ ގުޅިގެން އިންޑިއާއިން ކުރަމުންދާ މަސައްކަތަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ޖަޔަޝަންކަރުގެ ވާހަކައިގައި، މެދުތެރޭ އޭޝިއާގެ ގައުމުތަކާއެކު ވިޔަފާރި ކުރިއެރުވުމަށް އީރާންގައި އިންޑިއާއިން ޑިވެލޮޕްކޮށްފައިވާ ޗަބަހާރު ބަނދަރު މަޝްރޫއު ފަދަ ސަރަހައްދީ ގުޅުންތަކަށްވެސް އަލިއަޅުވައި ލެއްވިއެވެ.

ޖައިޝަންކަރު ވަނީ މެދުތެރޭ އޭޝިއާއާ އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ދެފަރާތުގެ ކުރިއެރުމާއި ސަގާފީ މުއްސަނދި ސަގާފަތަށް އިސްކަން ދިނުމަށް އަލިއަޅުވާލައްވާފައެވެ.

އިންޑިއާއަށް ޒިޔާރަތް ކުރެއްވި މެދުތެރޭ އޭޝިއާގެ ލީޑަރުން ވަނީ އިންޑިއާގެ ތަރައްގީގެ މޮޑެލްގެގެ އަގުވަޒަންކޮށް، އިގްތިސާދީ އަދި ސްޓްރެޓެޖިކް ޕާޓްނަޝިޕްތައް ފުންކުރުމަށް އިންޑިއާއާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!