ބޮމުގެ އިންޒާރު: އެއާ އިންޑިއާ ބޯޓެއް އަނބުރައި ޕުކެޓަށް ޖައްސައިފި

ތައިލެންޑްގެ ފުކެޓުން ނިއުދިއްލީއަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބުނާ ގުޅިގެން ކުއްލި ގޮތަކަށް އަނބުރައި ޖައްސައިފިއެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި 379 ޕުކެޓުން ފުރީ 9.30 ގައި އެވެ.

އެއާޕޯޓުގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން އެއާޕޯޓް ކޮންޓިންޖެންސީ ޕްލޭން (އޭސީޕީ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބޮމުގެ އިންޒާރާ ގުޅިގެން އަމަލު ކުރާ ޕްރޮޓޮކޯލަށް އަމަލު ކުރަން ފަށާފައި ވެއެވެ.

ހިއްސާ ކުރައްވާ!