އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) އާއެކު އިންޑިއާގެ ޓްރޭޑް އެންޑް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް (ޓީއީޕީއޭ) ގެ ސްވިސް ކޮމްޕޮނެންޓް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ތަންފީޒު ކުރަން ފަށާނެ ކަމަށް ބެލެވެ އެވެ. ޖޫން 11 ގައި ސްވިޒަލޭންޑަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔުޝް ގޯޔަލް ވަނީ އިންޑިއާގެ އިގްތިސާދީ ބަދަލުތަކަށް އަލިއަޅުވާލައްވައި، އިންޑިއާގެ ކުރިއެރުމުން ފައިދާ ހޯދުމަށް ސްވިޒަލޭންޑްގެ ވިޔަފާރިތަކަށް ދައުވަތު ދެއްވާފަ އެވެ.
ހަތަރު ގައުމު ހިމެނޭ މި އީއެފްޓީއޭ އިން ވަނީ 15 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި އެއް މިލިއަން ވަޒީފާ އުފެއްދުމަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. 21 ބުރުގެ މަޝްވަރާތަކަށް ފަހު 2024 ވަނަ އަހަރުގެ މާޗް މަހު ފައިނަލްކުރި މި އެއްބަސްވުމަކީ ޔޫއޭއީ އާއި އޮސްޓްރޭލިއާއާ އެކު ވެފައިވާ އެއްބަސްވުންތަކަށް ފަހު 2022 ވަނަ އަހަރަށް ފަހު އިންޑިއާއިން ފާސްކުރާ ވިޔަފާރީގެ ތިން ވަނަ ބޮޑު އެއްބަސްވުމެވެ.







