ޓްރަމްޕް ގިއްގަޅުވާލެވުނީ ކަމަށް ބުނުމުން ރުޅިގަދަވެ ޚަމަނާއީއާ ޒުވާބެއް ފަށަން އުޅެފި

12 ދުވަހުގެ ހަނގުރާމައަށް އެމެރިކާއިން ހަނގުރާމައަށް ވަދެ ދިން ޓެރަރިސްޓް ހަމަލާގައި އީރާނުން އެމެރިކާ އާއި ޓްރަމްޕް ގިއްގަޅުވާލީ ކަމަށާއި ނަސްރު ލިބުނީ އީރާނަށް ކަމަށް އީރާންގެ އިމާމް އަލީ ޚާމަނާއީ ވިދާޅުވުމުން ޓްރަމްޕަށް ކެތެއް ނުކުރެވުނެވެ. ޓްރަމްޕް ވަނީ ރަން ބުއްދި ވެގެން އީރާނުން އަލުން ނިއުކްލިއަރ ޕްރޮގްރާމުގެ މަސައްކަތް ފަށައިފިނަމަ އީރާނަށް ބޮން އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިހިނދު ގަތަރުގައި ހުންނަ އެމެރިކާގެ އަލްއުދައިދު ބޭސްއަށް ބޮން އެޅިދާނެކަން ދައްކަން އީރާނުން ދިން ހަމަލައަށްފަހު އެމެރިކާ އަވަސްވެގަތީ ހަމަލަތައް ހުއްޓުވުމަށެވެ.

އެމެރިކާގެ ރައީސް އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ވަނީ އަލީ ޚާމަނީއަށް ކުޑައި މީސްކޮށް، ޓްރަމްޕްގެ ގޮތް ކުޑަ ސްޓައިލްގައި ޒުވާބު ކޮށްފައެވެ.

ޓްރަމްޕް ބުނާ ވަރުގެ ބޮޑު ގެއްލުމެއް އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ދެވިފައިވާނަމަ، އޭނާ އެހާ އަވަހަށް ނުތަނަވަސްވެ ރަން ބުއްދި ވާންވީ ކީއްވެތޯ މީހުން ސުއާލު ކުރެއެވެ.

އަނެއްކޮޅުން ޓްރަމްޕް ދުނިޔެއަށް ދައްކާ ގޮތާޚިލާފަށް އީރާނަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުނެ އެމެރިކާއިން ވަނީ ޖާސޫސީ ރިޕޯޓެއްވެސް އެކުލަވާލާފައެވެ. މި ރިޕޯޓް ފާއްދާލުމުންވެސް އެމެރިކާ ސަރުކާރުގައި ނުތަނަވަސްކަން އުފެދިފައި ވެއެވެ.

ހިއްސާ ކުރައްވާ!