މޯދީއާއި ޝުބަންޝޫ ޝުކްލާ ވާހަކަ ދައްކައިފި

އިންޑިއާގެ ފަޒާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ހާދިސާއެއްގައި،  ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް ފުރަތަމަ ފަހަރަށް ދިޔަ އިންޑިއާގެ ރައްޔިތަކީ،  ކެޕްޓަން ޝުބަންޝޫ ޝުކްލާއެވެ. އޭނާއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވީޑިއޯ ކޯލްގެ ޒަރިއާއިން ވާހަކަ ދައްކަވައިފިއެވެ. ބިމުން އިންޑިއާ ފެންނަ ގޮތް ސިފަކޮށް ދެމުން ޝުކްލާ ބުނެފައި ވަނީ އިންޑިއާ ފެންނަނީ ވަރަށް ބޮޑުކޮށް ކަމަށެވެ.

އުމުރުން 39 އަހަރުގެ ޝުކްލާ އަކީ، 1984 ވަނަ އަހަރަށްފަހު ފަޒާ ދަތުރުކުރި އިންޑިއާގެ ދެވަނަ މީހާއެވެ.

އޭނާއަކީ 'އެކްސިއޯމް-4′ މިޝަންގެ ޕައިލެޓެވެ. އިންޓަރނޭޝަނަލް ޖައްވީ ސްޓޭޝަނުން މޯދީއާ ވާހަކަ ދައްކަވަމުން ޝުކްލާ ބުނީ ފަޒާ އިން އިންޑިއާ ފެންނަނީ ރީތިކޮށް ފެހިކޮށް ކަމަށެވެ. އަދި ޖައްވުން ބަލާއިރު އެއްވެސް ބޯޑަރެއް ނުފެންނަ ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވަނީ ޝުކްލާގެ މި ތާރީޚީ ދަތުރަށް ތައުރީފު ކުރައްވާފައެވެ. އަދި  އިންޑިއާގެ ޒުވާނުންނަށް ކުރިމަގުގައި ޖައްވަށް ދިއުމަށް އައު ދޮރުތަކެއް މި ދަތުރާއެކު ހުޅުވިގެންދާނެ ކަމަށް މޮދީ ވިދާޅުވިއެވެ.

ޝުކްލާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދިޔައިރު ގެންގޮސްފައި ވަނީ ކެރަޓް ހަލުވާއެވެ. އަދި އޭނާ ވަނި ޖައްވީ ސްޓޭޝަންގައި ތިބި މީހުންނާއެކު ކެރަޓްހަލުވާ ހިއްސާކޮށްފައެވެ.

ޝުކްލާ، 14 ދުވަސް ވަންދެން ޖައްވީ ސްޓޭޝަންގައި މަޑު ކުރާނެއެވެ. އަދި އޭނާގެ ޓީމުން 60 އަށް ވުރެ ގިނަ ތަޖުރިބާ ކުރަން ނިންމާފައި ވެއެވެ. މި ތަޖުރިބާތަކުގެ ތެރޭގައި ކެންސަރުގެ ދިރާސާތަކާއި ޑީ.އެން.އޭ. އާބެހޭ ދިރާސާތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!