"ޓެރަރިސްޓުންނަށް އަދަބު ނުލިބި ދޫކޮށެއް ނުލެވޭނެ" ޖަޔަޝަންކަރު

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވަނީ "ޓެރަރިސްޓުންނަށް އަދަބު ނުލިބި ދޫކޮށެއް ނުލެވޭނެ" ކަމަށް ބާރުއަޅުއްވައި، ވަކި ޤައުމެއްގެ ނަން ވިދާޅު ނުވެ ދައުލަތުގެ ފަރާތުން ޓެރަރިޒަމަށް އެހީތެރި ވެވޭ ކަމަށް ވިދާޅުވެ، ޓެރަރިޒަމްގެ ސަބަބުން ދުނިޔޭގެ ސުލްޙައަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ފާހަގަކުރައްވާފައެވެ.

ޓެރަރިޒަމްގެ ސަބަބުން ލިބޭ ގެއްލުމާ ބެހޭ ގޮތުން ނިއުޔޯކުޔޯކު މަރުކަޒުގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް އިންޑިއާއިން މަސައްކަތް ފަށައިފިއެވެ. މި ޚާއްޞަ އިވެންޓަކީ، އޭޕްރީލް މަހު ޕަހަލްގަމްގައި ހިނގި، 26 މީހުންގެ ފުރާނަ ގެއްލުނު ޓެރަރިސްޓް ހަމަލާއާއި، އޭގެ ފަހުން އިންޑިއާއިން ޕާކިސްތާނުގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަމާޒުކޮށް ހިންގި "އޮޕަރޭޝަން ސިންދޫރަ" އާ ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ ގައުމުތަކުގެ ސަރަޙައްދުތައް ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުމެވެ.

ހިއްސާ ކުރައްވާ!