ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެންމެ މަތީ ޝަރަފް މޮދީއަށް

ޓިރިނިޑާޑް އެންޑް ޓޮބޭގޯގެ އެންމެ މަތީ މަދަނީ އެވޯޑް ކަމަށްވާ ދަ އޯޑަރ އޮފް ދަ ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އެވޯޑް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހުކުރު ދުވަހު ވަނީ އަރުވާފައެވެ.

"‘ދަ އޯޑަރ އޮފް ދަ ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބަގޯ’ ގެ އެވޯޑް ލިބުމަކީ ޝަރަފުވެރި ކަމެއް. އަޅުގަނޑު އެކަން ގަބޫލުކުރަނީ 140 ކްރޯޑް އިންޑިއާ މީހުންގެ ފަރާތުން،" އެވޯޑް ލިބުމާއެކު މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ސަގާފީ ހެދުމުގައި މުޅި ކެބިނެޓާއެކު ޓްރިނިޑާޑް އެންޑް ޓޮބެގޯގެ ބޮޑުވަޒީރު ކަމްލާ ޕެރްސާދު-ބިސެސާ ވަނީ އެއާޕޯޓްގައި އިންޑިއާ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ވިދާޅުވެފައެވެ.

ޖަޒީރާ ގައުމުގެ އާބާދީއަކީ އެންމެ 1.3 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ 45 ޕަސެންޓަކީ އިންޑިއާގެ ނަސްލުގެ މީހުން ނެވެ. ގިނަ މީހުންނަކީ ބިހާރާއި އުއްތަރު ޕްރަދޭޝްގެ ބޮޖްޕޫރީ ބަހުން ވާހަކަ ދައްކާ ޑިސްޓްރިކްޓްތަކުގެ މީހުންނެވެ.

އެމީހުންގެ ކާބަފައިން އެގައުމަށް ގެނައީ އިސްތިއުމާރީ ސިފައިންނެވެ.

ހިއްސާ ކުރައްވާ!