އީރާނުން އިސްރާއީލަށް ބޮޑެތި ގެއްލުން ދިން

ޔަހޫދީން ކުރިއަށް ގެންދިޔަ 12 ދުވަހުގެ ޓެރަރިސްޓް ހަނގުރާމައިގައި އީރާނުގެ ބެލިސްޓިކް މިސައިލްތައް ވަނީ އިސްރާއީލުގެ ފަސް އަސްކަރީ މަރުކަޒަކަށް ކާމިޔާބު ކަމާ އެކު ގެއްލުންދީފައި ކަމަށް އޮރެގަން ސްޓޭޓް ޔުނިވާސިޓީން ހިއްސާކުރި ސެޓެލައިޓް ޑޭޓާއާ ހަވާލާދީ ދަ ޓެލެގްރާފް އިން ރިޕޯޓްކޮށްފި އެވެ.

ޔަހޫދީ ސހފައިންގެ މަރުކަޒުތަކަށާއި އެހެނިހެން ނާޒުކު ތަންތަނަށް ދިން ހަމަލާތަކުގެ ތަފްސީލުތައް އިސްރާއީލުގައި ޝާއިއު ކުރުން އޮތީ މަނާ ކޮށްފައެވެ.

އަދި ސިފައިންގެ ހަރުކަށި ސެންސަރު ގަވާއިދުތައް ތަންފީޒު ކޮށްފައި އޮތެވެ.

އިނގިރޭސި ނޫހުން ބުނެފައި ވަނީ މި ތަންތަނަށް އީރާނުން ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ.

މިއީ އީރާނުން އަމާޒު ކުރި އިޒްރޭލުގެ ހައްސާސް 21 ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.

ހިއްސާ ކުރައްވާ!