ޔޫއޭއީ އިން ސްޓާޓްއަޕް މެދުވެރިކޮށް އިނޮވޭޝަން ދާއިރާގައި ގުޅުންތަކެއް ޤާއިމުކޮށްފި

ޔޫއޭއީ-އިންޑިއާ ސީއީޕީއޭ ކައުންސިލް އާއި މުމްބާއީގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓުގެ އިސްނެގުމުގެ ދަށުން ބޭއްވުނު ޚާއްޞަ ސްޓާޓްއަޕް އިވެންޓުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަނީ އިންޑިއާއާއެކު އީޖާދީ މަސައްކަތުގައި ކުރިއަށް ދިއުމަށް އިނޮވޭޝަން ޕާޓްނަޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފަ އެވެ.

މި އިވެންޓުގައި އަލިއަޅުވާލާފައި ވަނީ އިންޑިއާގެ ފައުންޑަރުންނާއި ސްޓާޓްއަޕްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއެރުމާއި އެއްބާރުލުން ހޯދައިދިނުމަށާއި، އަދި އަވަސް މުއްދަތެއްގައި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ އޕްލެޓްފޯމެއް ކަމުގައިވާ އަލަށް ތަޢާރަފުކުރެވުނު ޔޫއޭއީ-އިންޑިއާ ސީއީޕީއޭ ސްޓާޓްއަޕް ސީރީޒް އަށެވެ.

މި އިވެންޓުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޔޫއައިސީސީ އާއި އައިއައިޓީ ބޮމްބޭގެ ޓެކްނޮލޮޖީ ބިޒްނަސް އިންކިއުބޭޓަރ ސޮސައިޓީ ފޯ އިނޮވޭޝަން އެންޑް އެންޓްރަޕްރިނިއަޝިޕް  އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ ސައިން އިކޯސިސްޓަމްގެ ޤާބިލު ސްޓާޓްއަޕްތައް ދެނެގަނެ، އެފަދަ ވިޔަފާރިތަކަށް އެހީތެރިވުމަށް ރަސްމީ ޕާޓްނަޝިޕެއް ޤާއިމުކުރުމެވެ. ޔޫއޭއީގެ ސަފީރު ޢަބްދުއްނާޞިރު އައްޝާލީ ވަނީ ދެ ޤައުމުގެ ޕާޓްނަޝިޕްގެ މުހިންމު ބާރެއްގެ ގޮތުގައި އިންޑިއާގެ ވިޔަފާރިވެރިކަމުގެ އިސްނެގުންތަކަށް އަލިއަޅުވާލައްވާފައެވެ.

ހިއްސާ ކުރައްވާ!