އިޒްރޭލުގައި ގިނަ ދުވަސްތަކެއް ވަންދެން އީރާންގެ ސިފައިން ވަދެ ތިބެ ޖާސޫސް ކުރަމުން ދިޔައިރުވެސް އިޒްރޭލަކަށް ހިލަމެއް ނުވިއެވެ. އިޒްރޭލަށް އެކަން އެނގުނީ އެމީހުންގެ އަތްމައްޗަށް މިފަހުން އެރި ލިޔުން ތަކުންނެވެ. އެއަށްފަހުވެސް އިޒްރޭލު ސިއްސުވާލާ ހާދިސާތަކެއްގައި އީރާނުން ދަނީ އިޒްރޭލުގެ އެންމެ ހައްސާސް މަރުކަޒުތަކުގައ ހުންނަ ފައިލްތައްވެސް ހޯދައިގަނެ އެއިން ބައެއް މައުލޫމާތު އަނބުރައި އިޒްރޭލަށް ފޮނުވައި އެމީހުން ޖާސޫސްކޮށް ފައިވާކަން ކަށަވަރުކޮށް ދެމުންނެވެ.
އެންމެ ފަހުގެ ހާދިސާގައި އީރާނުން ވަނީ 12 ދުވަހުގެ އުދުވާނީ ހަނގުރާމައިގައި ބޮން އެޅި ބޯޓުތައް އުދުއްސި ޔަހޫދީ ޕައިލެޓުންގެ ވަނަވަރު ހާމަކޮށްފައެވެ. ކޮންމެ ޕައިލެޓެއްގެ ފޮޓޯއާއި ވަނަވަރާއި ބޯޓު އުދުއްސި ތާރީޚާއި ގަޑި ބުނެދީފައި ވެއެވެ.އަދި އޭގެ އިތުރުން އެއަށްވުރެން ބިރުވެރި ހާދިސާއެއްގައި އެ ޕައިލެޓުން ދިރިއުޅޭ އެޑްރެސްވެސް އިޒްރޭލަށް އަންގާފައި ވެއެވެ.
މި މައުލޫމާތު އިޒްރޭލަށް ދީފައި ވަނީ، އިސްރާއީލާ ދެކޮޅަށް މައުލޫމާތުގެ ރަސްމަގުގައި ހަނގުރާމަ ކުރާ "ސައިބަރ އިސްނާދްފްރަންޓު"ން ނެވެ.
އެ ޖަމާއަތުން ވަނީ އިސްރާއީލުގެ ޑްރޯން އުފައްދާ އަދި ވައިގެ ސިފައިންނަށް އެހީވެދޭ ސަޑްނާތު ނަމަކަށް ކިޔާ ފެސިލިޓީއަކަށް ކާމިޔާބުކަމާއެކު ވަދެފައިވާކަން ވެސް އިއުލާންކޮށްފައެވެ.
"ސައިބަރ އިސްނާދްފްރަންޓު"ން ވަނީ 3 ޓެރަބައިޓަށްވުރެ ގިނަ ސިއްރު ޑޭޓާ ހިމެނޭ ފައިލްތައް އެމީހުންގެ އަތުގައި ހުރި ކަމަށް ބުނެފައެވެ.
ސަޑްނާޓަކީ ޒަޔަނިސްޓް މުޖުރިމުންނަށް ވައިގެ މަގުން އަސްކަރީ ސާމާނު ފޯރުކޮށްދޭ މުހިއްމު ކުންފުންޏެކެވެ. އަދި އެއީ، ރަފައެލް، އެލްބިޓް ސިސްޓަމްސް، އިސްރާއީލް އެއަރޮސްޕޭސް އިންޑަސްޓްރީސް، ބޮއިންގް، އަދި އޯބިޓް ފަދަ ކުންފުނިތަކާ ގުޅިގެން ގާތުން މަސައްކަތްކުރާ ކުންފުންޏެކެވެ.




