އެގްޒާމަށް ތައްޔާރު ވުމަށް މޮދީ ހުށަހަޅުއްވާ ޕްރޮގްރާމުން ގިނިސް ވޯލްޑް ރެކޯޑް ހޯދައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރިއަށް ގެންދަވާ އެގްޒާމަށް ތައްޔާރު ވުމާ ބެހޭ ޕަރިކްޝާ ޕޭ ޗަރްޗާ (ޕީޕީސީ) ޕްރޮގްރާމަށް ގިނިސް ވޯލްޑް ރެކޯޑެއް ލިބިއްޖެއެވެ. މި އެވޯޑު ލިބުނީ، "އާންމު ރައްޔިތުންނާ ގުޅިގެން ޚިޔާލު ބަދަލު ކުރާ ޕްރޮގްރާމެއްގައި އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ރަޖިސްޓްރީ ކުރުމުގެ ރެކޯޑް" ހޯދުމުންނެވެ. މިއީ އިންޑިއާ ސަރުކާރުން ކުރިއށް ގެންދާ މައިގަވް ޕްލެޓްފޯމްގައި 2018ން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

2018 ވަނަ އަހަރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން މައިގަވް ޕްލެޓްފޯމްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އަށްވަނަ އެޑިޝަންގައި 35.5 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައި ވެއެވެ. މި ރަޖިސްޓްރޭޝަނަކީ ސައްހަ ރަޖިސްޓްރޭޝަންތަކެއް ކަމަށް ވެއެވެ. މިއީ މި ޕްރޮގްރާމްގެ ތާރީޚުގައި މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.

ޕަރިކްޝާ ޕޭ ޗަރްޗާއަކީ ބޮޑުވަޒީރު މޯދީ އަމިއްލައަށް އިސްނަންގަވައިގެން އުފައްދާފައިވާ ތަފާތު ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގައި އޭނާ ސީދާ ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިންނާ މުއާމަލާތް ކުރައްވައެވެ.

މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ އިމްތިހާނުގެ މޫސުމަކީ ސްޓްރެސް ނެގުމުން ދުރުހެލިވާ މޫސުމަކަށް ހެދުމެވެ. އަދި އިމްތިހާނުތަކާ މެދު ފަސޭކޮށް ބެލުމަށް ހިތްވަރު ދިނުމެވެ.

ގިނިސް ވޯލްޑް ރެކޯޑްގެ ރަސްމީ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިއުދިއްލީގައެވެ. މި ކާމިޔާބީއަކީ އިންޑިއާގެ ތަޢުލީމީ ދާއިރާގައި ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ މުހިންމު މައިލްސްޓޯނެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!