ފިލިޕީންސްގެ ރައީސް ފަރޑިނަންޑް ރޮމޫއަލްޑޭޒް މާކޯސް ޖޫނިއަރ އިންޑިއާއަށް ކުރައްވާ ފަސް ދުވަހުގެ ފުރަމާނަ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި އޭނާއަށް ވަނީ ރަޝްތުރަޕަތީ ބަވާންގައި ރަސްމީ މަރުހަބާއެއް ކިޔާފައެވެ.
މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މާކޯސް ވިދާޅުވީ، ކުރިން އޭޝިއާ ޕެސިފިކް ރީޖަންގެ ނަމުން ނަންދެވިފައިވާ ސަރަހައްދަށް މިހާރު ދުނިޔެ އިން ކިޔަނީ އިންޑޯ ޕެސިފިކް ރީޖަން ކަމަށެވެ. "އިންޑޯ ޕެސިފިކްއަކީ އޭޝިއާ ޕެސިފިކްގެ ޞައްޙަ އުފެދުން،" މާކޯސް ވިދާޅުވިއެވެ.
އިންޑިއާ އާއި ފިލިޕީންސްގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ މި ދަތުރުފުޅުގައި، އާ ޓެކްނޮލޮޖީތަކާއި ދުނިޔޭގެ އިގްތިސާދުގެ ބަދަލުވަމުންދާ ހާލަތާއި ޖިއޮޕޮލިޓިކްސްގެ ސަބަބުން އުފެދިފައިވާ ފުރުސަތުތައް ދެނެގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މާކޯސް ވިދާޅުވިއެވެ.
ދަތުރުފުޅުގެ ފުރަތަމަ ދުވަހު، އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާއެކު ހައިދްރްއާބާދު ހައުސްގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އިހުތިރާމްގެ ޒިޔާރަތެއ ކުރައްވާފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިއްތިހާދު އިތުރަށް ވަރުގަދަކޮށް، އެކުވެރިކަން ބަދަހިކުރުމެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.




