ފުރުސަތު ލިބުމުން ކަޝްމީރުގެ ޒުވާނުންވެސް އެމީހުންގެ ކުޅަދާނަކަން ދައްކައެވެ. އެކަން އެނގިގެން ދަނީ، މުހައްމަދު އާރިފް ނަގްޝްބަންދީގެ ކަޝްމީރުގެ ޒުވާން އެކްޓިވިޒަމް އިންނެވެ.
އުމުރުން 19 އަހަރުގައި އާރިފް ނިންމީ އަމިއްލައަށް މީހުންގެ މައްސަލަތަކަށް ހައްލު ހޯދައި ދޭށެވެ. މިހާރު އުމުރުން 29 އަހަރުގައި އޭނާ ވަނީ ޖަމްމޫ އެންޑް ކަޝްމީރުގައި އެކި އިޖުތިމާއީ މައްސަލަތަކަށް ވަކަލާތުކޮށް އެކަމުގައި ދިހަ އަހަރު ހޭދަކޮށްފަ އެވެ. އޭނާ އުފަންވީ އެކަހެރި، ދުރު ޑިސްޓްރިކްޓެއް ކަމަށްވާ ކުޕްވާރާ އަށެވެ.
އޭނާ މުޖުތަމަޢަށް އެހީތެރިވުމަށް ބުރަކޮށް މަސައްކަތް ކުރެއެވެ. އޭނާގެ މަސައްކަތްތައް ފޯކަސް ކުރަނީ އިޖުތިމާއީ ރައްކާތެރިކަމާއި އެކްޓިވިޒަމަށެވެ. އޭނާގެ އަވަށުން ބޭރުގައި ވެސް އޭނާގެ މަސައްކަތް ބަލައި ގަނެ ތައުރީފް ލިބެމުން ދެއެވެ. އޭނާ އަކީ ސޫފީ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމުން ޚިދުމަތަށް އޭނާ ބަހައްޓާ ޝައުގުވެރިކަމަކީ މާލީ މުގާބިލުގައި އޭނާ ކުރާ ކަމެއްނޫނެވެ.
އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އިން އެއް ޑިގްރީ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އިން ދެ މާސްޓާސް ޑިގްރީ ހާސިލް ކޮށްފައެވެ. އާރިފް އަކީ އޭނާގެ މުޖުތަމަޢާ އަޅާލާ މީހެކެވެ. އޭނާގެ މަސައްކަތް ޚާއްސަ ވަނީ އިންސާނީ ހައްގާއި، ތައުލީމާއި، ތިމާވެށްޓަށް ހޭލުންތެރިކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން އެއްބައިވަންތަ ކުރުމުގެ ކަންކަމަށެވެ.
ވަސީލަތްތައް މަދު ނަމަވެސް އިޚްލާޞްތެރި ކަމާއެކު އޭނާ މަސައްކަތް ކުރެއެވެ. އޭނާގެ މަސައްކަތަށް، މިއަހަރު އޭނާއަށް ވަނީ އުއްތަމް ބާރަތު ޕުރަސްކަރާއި ގްލޯބަލް ހިއުމަން ރައިޓްސް އެވޯޑް ލިބިފައެވެ. އޭނާ ބުނާ ގޮތުގައި މި އެވޯޑްތަކަކީ ބަދަލު ގެނައުމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް ހައްގު ޝަރަފުވެރިކަން ދޭ އެވޯޑެކެވެ.
އޭނާގެ ސޫފީ އާއިލާ އާއި އޭނާގެ ދޮންބައްޕަ މިޔާން މުހައްމަދު މަގްބޫލް ނަގްޝްބަންދީ އަކީ އޭނާގެ މަސައްކަތަށް ހިތްވަރެކެވެ. އޭނާގެ އެކަނިވެރި މަންމަ އޭނާ ތަރުބިއްޔަތު ކުރީ ލޯތްބާއި އެކުގައެވެ. ގޮންޖެހުންތަކާއި ދެކޮޅަށް އާރިފް ވަނީ ކަންކަމާ ކުރިމަތިލާފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ބަދަލުކޮށް ތިމާވެށި ޙިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.





