ދެކުނު ސޫދާނުގައި ތިބި އިންޑިއާގެ ސުލްހަ ބަލަހައްޓާ ލަޝްކަރަށް އާންމުން ހިމާޔަތް ކުރުމާއި އިންސާނީ އެހީތެރިކަމުގެ ކޮންވޯއީތަކަށް ގެންގުޅުމުގައި ކޮށްފައިވާ ޚިދުމަތަށް އދގެ މެޑަލް ލިބިއްޖެއެވެ. ނިއުޔޯކުގައި އިންޑިއާގެ ޕަރމަނަންޓް މިޝަން އިން އެކްސްގައި ލިޔެފައިވަނީ "އިންޑިއަން ޕީސްކީޕަރުންގެ ޚާއްސަ ހިދުމަތްތަކަށް ޝަރަފުވެރިކަން ލިބިއްޖެ." މި މިޝަންގައި 12 އަންހެނުންގެ ފައުޖެއްވެސް ހިމެނެއެވެ. އޭގައި އދގެ ބްލޫ ހެލްމެޓު އެޅި ޖުމްލަ 838 ސިފައިން ހިމެނެއެވެ.
ޖޫން މަހު ސުލްހަ ބަލަހައްޓާ އިންޑިއާގެ އދގެ ލަޝްކަރުން ވަނީ އެމީހުންގެ މަލާކަލް ބޭސް ކައިރީގައި ހުންނަ މަދަނީންނަށް ހިމާޔަތް ދޭ ސައިޓެއްގައި ދެ ދުވަހުގެ މެޑިކަލް ކެމްޕެއްވެސް އިންތިޒާމްކޮށް ފައެވެ. އަދި ގާތްގަނޑަކަށް 315 ރެފިއުޖީންނަށް ހިލޭ ފަރުވާ ދީފައި ވެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުންތައް މޮނިޓަރ ކުރުމަށް އިންޑިއާއިން ވަނީ 50 އަށް ވުރެ ގިނަ މިޝަންތަކަށް 290،000 އަށް ވުރެ ގިނަ ޕީސްކީޕަރުން ހިއްސާ ކޮށްފަ އެވެ. މިވަގުތު އިންޑިއާގެ 5،000 އަށް ވުރެ ގިނަ ސުލްހަ ބެލެހެއްޓުންތެރިން 9 މިޝަނެއްގައި ޚިދުމަތް ކުރަމުން ދެއެވެ.
ބްލޫ ހެލްމެޓްސް ގެ ނަމުން މަޝްހޫރު ޕީސްކީޕަރުންނަށް ނަން ދީފައިވަނީ ހަނގުރާމައާ ގުޅިފައިވާ ރަތް ކުލައާ ޚިލާފަށް ސުލްހަ ރަމްޒުކޮށްދޭ ގޮތަށް 1947 ވަނަ އަހަރު ހޮވާފައިވާ ދިދަގެ ފަނޑު ނޫކުލައަށް ނިސްބަތް ކޮށެވެ. މި ކުލަ އޭގެ ފަހުން ވަނީ ނިޝާނަކަށް ވެފައެވެ.





