އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫސް ޑެއިލީ މެއިލްގައި ދިވެހިރާއްޖެ ބަދުނާމު ވާގޮތަށް ލިޔެފައިވާ ޚަބަރާ ބެހޭ މައުލޫމާތު ރާއްޖޭގައި ރިޕޯޓު ކުރުމުން އިމިގްރޭޝަނުން މީޑިއާ ކުށްވެރިކޮށް، ނަސޭހަތްތެރި ވެއްޖެއެވެ. އިނގިރޭސިވިލާތުގައި ނެރުނު ރާއްޖެ ބަދުނާމުވާ ވާހަކައަށް އިމިގްރޭޝަނުން ރައްދު ދީފައި ވަނީ ދިވެހި ބަހުން ނެރުނު 7 ފޮޅުވަތުގެ ބަޔާނެއްގައެވެ.
ސުރުޚީގައި ވަނީ ކޮންމެ ވެސް "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއްކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާގައި ޚަބަރު ފެތުރި މައްސަލައާ ގުޅޭ ބަޔާނެއް ކަމަށެވެ.
ސުއާލަކީ އަންހެނަކާ ބެހިގެން ޙުކުމު ކޮށް ދިވެއްސެކޭ ކިޔައިގެން ލަންޑަންގެ ޓެބްލޮއިޑެއްގައި އިޝްތިހާރު ކޮށްލި އިރު، މިވަރުގެ މުހިންމު އަދި ނުތަނަވަސްކަން ގެނުވި ވހަކައެއްގެ ހަގީގަތް ހާމަކޮށްދޭން އިނގިރޭސި ބަހުން ބަޔާނެއް ނެރެފައި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އަދި އިނގިރޭސި ޓެބްލޮއިޑަށް މިކަން ސާފުކޮށްދީފައި ވާނެ ބާވައެވެ؟
އިމިގްރޭޝަނުން ދިވެހިންނަށް އަމާޒުކޮށްގެން ނަސޭހަތްތެރިވެ ނޫސްބަޔާން ނެރުނު އިރު، ސުރުޚީގައިވާ މީހާގެ ނަން އިވޭ ހިނދުވެސް މިސްޓަރު ކޫޑަލިންގަމްއަކީ ދިވެއްސެއް ނޫން ކަން ދޭހަވެއެވެ. އޮޅުން އެރީ ދިވެހިންނަކަށެއް ނޫނެވެ. އަދި އޮޅުން އެރި މީހުންނަށް އެކަން ސާފު ކޮށްދޭން މަސައްކަތް ކުރި ބާވައޭ ހިތަށް އަރައެވެ!







