އެމެރިކާ: ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް ޕްލޭނެއް އަދި ނެތް

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް ޕްލޭނެއް އެމެރިކާގެ ވެރިންގެ ނިޔަތުގައި ނެތް ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއާ އެކު އޭނާ ވަނީ ވާހަކަވެސް ދައްކަވާފައެވެ.

ކަސްބީންގެ ދައްލާލު އެޕްސްޓީންގެ ރަހުމަތްތެރިންނާއި ޒަޔަނިސްޓު ފިކުރުގެ މީހުންނާއި ޔަހޫދީންނަށް ވަކާލާތު ކުރާ އައިޕެކުން ފައިސާ ދީގެން އިންތިޚާބު ކާމިޔާބުކޮށްފައިވާ އެމެރިކާގެ މަސްއޫލުވެރިންނަށް އެފަދަ ފިޔަވަޅެއް އެޅުމަކީ އެމީހުންގެ ފަހަތުގައި ތިބި މީހުން ރުހނެޭ ކަމަކަށް ނުވާނެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެންސް ވިދާޅުވީ، "އަޅުގަނޑުމެންގެ އެއްވެސް ޕްލޭނެއް ނެތް ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާކަށް. އެތާނގައި އެކަށީގެންވާ ސަރުކާރެއް ނެތް ހިނދު، ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މާނައަކީ ކޮބައިކަން އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ.

ފަލަސްޠީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ހިންގަނީ އެމެރިކާގެ ހަތިޔާރުންނެވެ، އަދި ހިފާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް އަޅާ ގެތައް އަޅަނީ އެމެރިކާގެ ފައިސާއިންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކާ މެދު ވަރަށް ސާފުކޮށް ބަސް ވިދާޅުވެފައިވާ ކަމަށާއި، އެކަން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވެންސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!