ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުރި ބިގް ސީ ޝޮޕިންގ ސެންޓަރު ކައިރީގައި ތިބި މެލޭޝިޔާގެ ދެ ފަތުރުވެރިންގެ ގައިގައި އަލިފާން ޖަހައިފިއެވެ. މި ހާދިސާގައި އަނިޔާވި ދެ ފަތުރުވެރިންގެ ހާލަތު ވަނީ ސީރިއަސް ވެފައެވެ.
މި ހާދިސާގައި އަނިޔާވި ދެ ފަތުރުވެރިންނަކީ 26 އަހަރުގެ އޮންގ ޔިކް ލިއޯންގ އާއި 27 އަހަރުގެ ގަން ޒިއާއޯ ޒެންއެވެ. މި ދެ ފަތުރުވެރިން ޝޮޕިންގ ސެންޓަރުގެ ސިޑިކައިރީގައި އިށީނދެ ތިއްބާ، ހަމަލާދިން ފަރާތުން ވަނީ އެ ދެމީހުންގެ ބޮލަށް ތިނަރު ފާޓާއެއް އޮއްސާލައި އަލިފާން ރޯކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި މި ހަމަލާ ދިން ފަރާތަކީ ކުރީގެ ބޮކްސަރެއް ކަމަށްވާ 30 އަހަރުގެ ވަރަކޯން ޕަބްތައިސޮންގއެވެ. އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ ސެކިއުރިޓީ ގާޑެކެވެ. ވަޒީފާ ގެއްލުމުގެ ސަބަބުން ލިބުނު މާޔޫސްކަމުގައި މި ޢަމަލު ހިންގި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ހާދިސާ ހިނގިއިރު އެގާނގައި ތިބި ފަރާތްތަކުން ވަނީ ހަމަލާދިން ފަރާތް ހިފަހައްޓާފައެވެ. މިވަގުތު އަނިޔާވި ދެ ފަތުރުވެރިންގެ ހާލަތު ވަނީ ސީރިއަސް ވެފައި ކަމަށާއި ނަމަވެސް ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ތައިލެންޑްގައި ހުންނަ މެލޭޝިޔާގެ އެމްބަސީން ގޮތުގައި އެމްބަސީން ވަނީ މި މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ފަށާފައެވެ. އަދި އަނިޔާވި ދެ ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްބަސީން ބުނެފައިވެއެވެ.







