ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީން ހަރުކަށި ސިޔާސަތެއް ގެންގުޅޭނެކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން މިފަހަރު ހަރުކަށި ސިޔާސަތެއް ގެންގުޅޭނެ ކަމަށް އެ ޕާޓީގެ އިސް ފަރާތްތަކުން ބުނެފިއެވެ. މިއީ ރިޕަބްލިކަން ޕާޓީގެ ޓްރަ،މްޕަށް ދީލާލާ ސިޔާސަތުތަކާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބެލެވޭ ސިޔާސަތުތަކެކެވެ.

ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ ރައިސް ކެން މާޓިން ވިދާޅުވި ގޮތުގައި، މިހާރު އެމެރިކާ ވަނީ ސިޔާސީ "ހަނގުރާމައެއްގެ" ތެރޭގައެވެ. އަދި މިފަހަރު ރިޕަބްލިކަން ޕާޓީގެ ހަމަލާތަކާ ދެކޮޅަށް ހަމަ އެފެންވަރުގައި ޑިމޮކްރެޓުން ކުރިމަތިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ 2016 ވަނަ އަހަރު އޭރުގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ ވިދާޅުވި "އަޑިއަށް ދާއިރު އަޅުގަނޑުމެން މަތީގައި ތިބޭނަން" މި ޝިއާރާ މުޅިން ތަފާތު ސިޔާސަތެކެވެ. މިއީ ޑިމޮކްރެޓިކް ޕާޓީގެ މި ޖީލުގެ މީހުންނަށް ސްޓްރެޓެޖިކް ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓްރަމްޕާ ކުރިމަތިލާ ސިޔާސަތެކެވެ.

ރިޕަބްލިކަނުން ބޭނުން ވަނީ އެމީހުންނަށް ދައުރުގެ މެދުތެރޭގެ އިންތިޚާބު ކާމިޔާބު ވާށެވެ. އެހެންވެ ގޮނޑިތައް ހޯދަން އަލުން އެމީހުން ޗާޓް ކުރަހަމުންދާ ގޮތާމެދު ޑިމޮކްރެޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ކެލިފޯނިއާގެ ގަވަރނަރ ގެވިން ނިއުސަމް ފަދަ އިސް ޑިމޮކްރެޓުން ވަނީ ޕާޓީގެ ސަޕޯޓަރުން އެއްކޮށް ސަޕޯޓޫ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ޚާއްސަކޮށް ކެލިފޯނިއާ އަދި ޓެކްސަސް ފަދަ މުހިންމު ސްޓޭޓްތަކުގައި ޑިމޮކްރެޓިކް ޕާޓީން މިހާރު ވަނީ އިތުރު ސަޕޯޓު ހޯދައި ޓްރަމްޕާ ކުރިމަތި ލުމަށް އައު ހަރަކާތްތަކެއް ފަށާފައެވެ. މިއީ 2024 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ވެސް ބެލެވެއެވެ.

ހިއްސާ ކުރައްވާ!