ވޮޝިންޓަނުގައި މަގުމަތީގައި ނިދާ މީހުން އެސިޓީން ބޭރުކުރުމަށް ޓްރަމްޕް އަމުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޮޝިންގޓަން ޑީސީގައި ދިރިއުޅޭ ގޭބިސީނެތް މީހުން ވަގުތުން ވަގުތަށް އެ ސިޓީން ބޭރުކުރުމަށް އަމުރުކޮށް، ފައެވެ. ޓްރަމްޕް މި އަމުރު ނެރުނީ އޭނާ ގޯލްފް ކްލަބަށް ދިޔަ މަގުމަތީގައި މަގުމަތިވެފައިވާ ފަގީރުންގެ ބަޔަކު ފެނިގެންނެވެ.

ޓްރަމްޕް ބުނި ގޮތުގައި ވޮޝިންގޓަންގައި ކުށްކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް ރަސްމީތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އަނިޔާވެރި ކުށްތައް 35 ޕަސެންޓް ދަށްވެފައިވެއެވެ. އަދި މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ރެކޯޑު ކުރެވުނު އެންމެ ދަށް މިންވަރެވެ. 2025 ގައި އިތުރު 26 ޕަސެންޓް ދަށްވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ވޮޝިންޓަނުގެ މަސްއޫލުވެރިން ވަނީ ޓްރަމްޕްގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. އެފަރާތްތަކުން ބުނަނީ މިއީ ޑިމޮކްރަސީއާ ޚިލާފު އަދި ނަސްލީ ގޮތުން ތަފާތުކުރުމުގެ ފިޔަވަޅެއް ކަމަށެވެ. އަދި ވޮޝިންޓަނަކީ ވަކި ސްޓޭޓެއް ކަމަށް ހަދައިފިނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގައި ފާހަގަކުރެއެވެ.

ޑީސީގެ މޭޔަރު މިއުރިއަލް ބައުސަރ ވަނީ ޓްރަމްޕްގެ ވާހަކަތަކަކީ ހޮޅި ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި ފްރީ ޑީސީ މޫވްމަންޓުން ވަނީ ޓްރަމްޕްގެ ކުރިއަށް އޮތް ނިއުސް ކޮންފަރެންސާ ދިމާކޮށް އިހުތިޖާޖެއް ބޭއްވުމަށް ނިންމާފައެވެ.

ޓްރަމްޕް ބޭނުން ވަނީ ވޮޝިންޓަނަކީ ސީދާ އޭނާގެ ބާރުގެ ދަށުން ހިންގާ ސިޓީއަކަށް ހަދާށެވެ. މިކަމާ ގުޅިގެން ސިޔާސީ އަދި ޤާނޫނީ ގޮތުން އިތުރު މައްސަލަތަކެއް އުފެދޭނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!