ކޮރަޕްޓް ސިޔާސީމީހުންގެ ވަކިތަކުން ނޭޕާލް މިނިވަންކުރުމަށް ފަހު ޖެން-ޒީ އިން ވަނީ ނޭޕާލް ލީޑް ކުރުމަށް އެމީހުން ބޭނުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ ކަމަށް ބުނެފައެވެ. ސުޝީލާ ކާކީ އަކީ އިންޑިއާގެ ބަނާރަސް ޔުނިވާސިޓީގެ ގްރެޖުއޭޓެކެވެ. އަދި ނޭޕާލްގެ ހަމައެކަނި އަންހެން އުއްތަމަ ފަނޑިޔާރެވެ.
ޖެން ޒީ އިން ދަނީ އެމީހުންގެ ހަރަކާތް ހީކުރި ވަރަށް ވުރެން ރަނގަޅަށް އިންތިޒާމު ކުރަމުންނެވެ. ވަގުތީ ސަރުކާރުގެ ވެރިޔާ ހޮވުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި 5،000 އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރި ވެފައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޝްވަރާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އެންމެ މަތީ މަގާމަށް ކުރިމަތިލާން ޖެހޭ ފަރާތްތަކާ މެދުގައެވެ. ކަތުމަންޑޫގެ މޭޔަރު ބާލެން ޝާހު އަކީ އެންމެ އިސް މަގްބޫލު ޝަޚުސިއްޔަތު ކަމުގައި ބެލެވުނު ނަމަވެސް، ތަކުރާރުކޮށް އޭނާއާ ގުޅަން މަސައްކަތް ކުރުމުން ޖަވާބެއް ނުދެއްވާ ކަމަށް ބައިވެރިން ބުނެ އެވެ.
"އަހަރެމެންގެ ކޯލްތައް އޭނާ ނުނަންގަވާތީ، މަޝްވަރާ ބަދަލުވީ އެހެން ނަންތަކަށް ބަހުސްކުރުމަށް. އެންމެ ގިނައިން ތާއީދު ލިބިފައިވަނީ ސުޝީލާ ކާކީއަށް،" ޖެން ޒީގެ މަންދޫބަކާ ހަވާލާދީ ނޭޕާލްގެ މީޑިއާއިން ބުނެފައިވެ އެވެ.
މީގެ ކުރިން އުމުރުން 72 އަހަރުގެ ކާކީ އަށް އެ ހުށަހެޅުން ހުށަހެޅުމާ ގުޅިގެން، ތާއީދު ދެއްކުމުގެ ގޮތުން މަދުވެގެން 1،000 ސޮއި ލިޔުމުން ހުށަހެޅުމަށް އޭނާ އެދިވަޑައިގަތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކާކީ ވަނީ 2،500 އަށް ވުރެ ގިނަ ސޮއި ލިބިވަޑައިގެންފައި ކަމަށާއި އެއީ އެދުނު ވަރަށް ވުރެ ގިނަ އަދަދެއް ކަމަށް ވިދާޅުވެފައެވެ.
އެބައްދަލުވުމުގައި އެހެން ބައެއް ނަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. ބައިވެރިން ފާހަގަކޮށްފައިވަނީ ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ ވެރިޔާ ކުލްމަން ގިސިންގް އާއި އެކު ޒުވާނުންގެ ލީޑަރު ސާގަރު ދަކަލް އާއި ދަރަންގެ މޭޔަރު ހަރްކާ ސަމްޕަންގް ނަންތަކެވެ.
ޔޫޓިއުބަރެއް ކަމަށްވާ ރެންޑަމް ނޭޕާލީ އަށް ވެސް ގިނަ ބައެއްގެ ތާއީދު ލިބުނެވެ. ނަމަވެސް އޭނާ ބުނީ އެއްވެސް މީހަކު ނުވެއްޖެނަމަ އޭނާ އެކަމަށް އެދޭނެ ކަމަށެވެ.
ނަމަވެސް އަދިވެސް ކުރިއަށް އޮތީ ދިގު ދަތުރެކެވެ. ސުޝީލާ ކާކީ އެ ހުށަހެޅުން ބަލައިގަންނަވާ ނަމަ ނޭޕާލްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ދެން ސިފައިންގެ ވެރިޔާ ޖެނެރަލް އަޝޯކް ރާޖް ސިގްޑެލްއާ ބައްދަލު ކާކީ ކުރައްވާނެ ކަމަށާއި އޭގެ ފަހުން ރައީސް ރާމް ޗަންދްރާ ޕައުޑެލްގެ ރުހުން ހޯއްދަވާނެ ކަމަށެވެ.




