އދގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުން ވަނީ ދޯޙާއަށް ދީފައިވާ ޔަހޫދީ ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށްފައެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރުން އިއްތިފާގުން ޔަހޫދީ ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް ބަޔާން ނެރުނީ ސަލާމަތީ މަޖިލީހުގެ ޖަލްސާގެ ކުރިންނެވެ. މި ބަޔާން ޑްރާފްޓް ކުރީ ފްރާންސާއި އިނގިރޭސިން ގުޅިގެންނެވެ. އެމެރިކާއިން ވަނީ އެ ބަޔާނުގައި އިޒްރޭލާ ދެކޮޅަށް އެއްވެސް ހަރުކަށި ބަހުރުވައެއް ބޭނުން ނުކުރުމަށް އަންގާފައެވެ. އެހެންވެ، އެ ބަޔާނުގައި ޔަހޫދީންގެ ޓެރަރިސްޓް ދައުލަތުގެ ނަން ގަނެފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި މި ބަޔާން ވަޅޯ ވިނަމަވެސް މި ވަރުގެ ބަޔާނެއް ނެރުމުންވެސް ގަތަރާއި އަރަބިން ތިބީ ވަރަށް ހެޕީ ވެފައެވެ.




