އިސްރާއީލުގެ މޯސާޑްގެ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޔަހޫދީ އަންހެން ޖާސޫސުން އީރާނަށް ވަދެގެން އީރާނުގައި މަސައްކަތް ކުރަމުން ދިޔައެވެ. އެ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މޮސާދުގެ ދިހަވަރަކަށް އަންހެނުން މަސައްކަތުގައި ހަރަކާތްތެރި ވިއެވެ.
އެމީހުން ކުރި މަސައްކަތް ސާފުކޮށް ކިޔައި ދީފައެއް ނުވެއެވެ. ނަމަވެސް ދީފައިވާ މައުލުމާތުން އެނގޭ ގޮތުގައި އެމީހުން މުޖުތަމައުގެ ތެރެއަށް ފޭދިގަތީ ހަށި ވިއްކުމުގެ ތެރޭންނެވެ.
އިސްރާއީލުގެ ރިޕޯޓްތަކުން މީގެ ކުރިންވެސް ބުނެފައި ވަނީ އީރާނުގެ އެރތެރޭގައި މޮސާޑްގެ އެޖެންޓުން ތިބިކަމަށެވެ.
މޮސާޑަކީ އިސްރާއީލުގެ ބޭރުގެ ޖާސޫސީ މަސައްކަތުގައި ހަރަކާތްތެރިވާ އެޖެންސީއެވެ. މިއީ ސެޕްޓެމްބަރު 11 ގެ ހަމަލަ ކާމިޔާބު ކަމާއެކު ތަންފީޒު ކުރި އިދާރާއެވެ. މޮސާޑަކީ ގިނަ ސިއްރު އޮޕަރޭޝަންތަކާއި ދުޝްމަނުންނާ ދެކޮޅަށް އަންހެން އެޖެންޓުން ބޭނުން ކުރުމަށް މަޝްހޫރު އެޖެންސީއެކެވެ.
އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޫން މަހު ތެހެރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މޮސާޑްގެ ދިހަވަރަކަށް އަންހެނުން އީރާނުގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތަކުގައި ބައިވެރިވެފައި ވެއެވެ.





