މަހުމޫދު އައްބާސް ފަލަސްޠީނުން ފައްސާލައި ފަލަސްޠީނުގެ ޒާތީ ވެރިކަން ކުރާ އިދާރާ އުވާލަނީ

ފަލަސްޠީނުގެ ރާމަﷲގައި ފަލަސްޠީނުގެ ޒާތީވެރިކަން ކުރާ އިދާރާ އުފެއްދުމަށް މަގު ފަހިކޮށްދީފައިޥާ އޮސްލޯ މުއާހަދާ އުވާލުމަށް އިސްރާއީލުން މަސައްކަތް ފަށައިފިއެވެ. ޔަހޫދީންގެ ޗެނަލް 7 އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތަށް ތިރީގައި މިވަނީއެވެ.

"އޮސްލޯ އެއްބަސްވުންތައް (ދެ މުއާހަދާ) ބާތިލް ކުރުމުގެ ބިލެއް ގާނޫހަދާ މަޖިލިސްއަށް ހުށަހެޅީ ކެނެސެޓްގެ މެމްބަރު ޒްވީ ސުކޮޓް އެވެ. ސުކޮޓް ބުނެފައި ވަނީ: އޮސްލޯ އެއްބަސްވުންތަކަކީ މުސީބާތެކެވެ. އަދި އެއީ އިސްރާއީލަށް ކުރިމަތިވި ނާކާމިޔާބީ އެކެވެ. އެއީ އިސްރާއީލުގެ ރައްޔިތުންގެ މައްޗަށް ލާޒިމުކުރި ސަލާމަތީ އެއްބަސްވުންތަކެކެވެ. އަނެއް ފަރާތުން ޚިލާފުވާ އެއްބަސްވުންތަކުގައި އިސްރާއީލަށް ބަނދެވިގެން ނުތިބެވޭނެއެވެ."

އޮސްލޯ އެއްބަސްވުމަކީ ކްލިންޓަން އިސްވެ ހުރެގެން ރައީސް އަރަފާތާއި ޔަހޫދީންގެ ބޮޑު ވަޒީރު ރަބީން ސޮއިކުރި މުއާހަދާއެކެވެ. މަޝްވަރާތައް ބާއްވާފައި ވަނީ ނޯވޭގެ އޮސްލޯގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ފަހުން އިޒްރޭލުގެ މިހާރުގެ ފުލުހުންގެ ވަޒީރު އިޓާމާރް ބިން ގްވީރް ޓެރަރިސްޓެއްގެ ގޮތުގައި އުޅުނު އޭނާ ހިންވަރު ދީގެން އަމީރު ކިޔާ ޔަހޫދީއަކު ވަނީ ރަބީންގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ.

އޮސްލޯ މުއާހަދާ އިސްރާއީލުން އުވާލައިފިނަމަ އިސްރާއީލުން ރާމަﷲ ހިފައި ފަލަސްޠީނުގެ ޒާތީ ވެރިކަން ކުރާ އިދާރާ އުވާލައި މަހުމޫދު އައްބާސް ރާމަﷲ އިން ފައްސާލާނެއެވެ.

ހިއްސާ ކުރައްވާ!