ވޮޝިންގޓަންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީފި

އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޓްރަމްޕް ދީފައެވެ. މިއީ ކުށްކުރުން އިތުރުވެފައިވާ ކަމަށް ބުނެ ވެރި ރަށުގައި މިދިޔަ މަހު ސިފައިން ބޭތިއްބުމަށް ނިންމުމަށްފަހު ޓްރަމްޕް ދީފައިވާ އިންޒާރެކެވެ. ޓްރަމްޕަކީ ޚުދު މުޚުތާރު ވެރިއެކެވެ. އެހެންވެ އޭނާ ގެންދަނީ ބާރުތައް އަތައް މަހައި ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައި އިސްކޮށް ހުރި މީހަކީ އޭނާ ކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.

އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވޮޝިންގޓަން ގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އެސިޓީގެ ވެރިން އެއްބާރުލުން ދިނުން ހުއްޓާލައިފިނަމަ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމަށެވެ.

ޓްރަމްޕްގެ މިއިންޒާރަކީ، ޓްރަމްޕްގެ ސަރުކާރުން ބޭރު މީހުންނަށް ނުހޮރޮއްޕާން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޮޝިންޓަނުގެ މަސްއޫލުވެރިން އެއްބާރުލުން ނުދޭނެކަމަށް ވޮޝިންގޓަން ޑީސީގެ މޭޔަރު މިއުރިއަލް ބައުޒަރ، ބުނުމާ ގުޅިގެން ޓްރަމްޕް ދިން އިންޒާރެކެވެ.

ޓްރަމްޕް ވަނީ އޭނާއާ ދެކޮޅުވާ ކޮންމެ މީހަކީ ވާތުފިޔައިގެ ހަރުކަށި ޚިޔާލުގެ މީހެއް ކަމަށް ބުނެފައެވެ. އެގޮތުން ވޮޝިންޓަނުގެ މަސްއޫލުވެރިންނަކީވެސް އެފަދަ ބައެއް ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!