ދޯޙާގައި ބޭއްވި އަޚުންގެ މަހާސިންތާ ނިންމާލައިފި އެވެ. އުންމީދު ކުރެވުނު ގޮތަށް އައު ވާހަކައެއް ނެތް ބުނެފައެއް ނުވެއެވެ.
މި ސަމިޓްގައި ރިސައިކަލް ކޮށްފައި ވަނީ ޔަހޫދީންގެ ހޮލޮކޯސްޓް ފެށުފަހުން ބޭއްވި ހުރިހައި މަހާސިންތާއެއްގައިވެސް ދައްކާފައިވާ ވާހަކަތަކެވެ. ކުށްވެރި ކުރަންވީ ޖުމުލަތަކުގައި ކުށްވެރި ކޮށް، ހިތްވަރުދޭންވީ ތަންތާނގައި ހިތްވަރުދީ، ތައުރީފު ކުރަންވާ ތަންތާނގައި ތައުރީފް ކޮށް ގަރާރު ފާސްކޮށްފައި ވެއެވެ.
އުންމަތުގެ ބިލިއަން މީހުން ތަމްސީލު ކުރާ އެންމެ ބޮޑެތި ފިރިހެނުން އެއްތަނަކަށް އެއްވެ ދެއްކި ވާހަކަތަކުގައި އިޒްރޭލާއި އިޒްރޭލަށް ހިތްވަރުދޭ އެމެރިކާ ބިރު ގަންނާނެ ފަދަ އެންމެ ޖުމުލައެއްވެސް ގަރާރުގައި ބުނެފައެއް ނުވެއެވެ. އަދި ފަލަސްޠީނު މީހުންގެ ޒަޚަމްތަކަށް ފަރުވާއަކަށް ފުދޭ އެންމެ ޖުމުލައެއްވެސް އަދި އެންމެ އައު ވާހަކައެއްވެސް ބުނެފައެއް ނުވެއެވެ.
ދޯހާގައި ބޭއްވި ކުއްލި އަރަބި އިސްލާމީ މަހާސިންތާގެ ގަރާރުގެ ޚުލާސާ:
-
ޣަދަރުވެރި ހަމަލާއާ ކުރިމަތިލުމުގައި ގަތަރުގެ ތަހުޒީބީ އަދި ޙިކުމަތްތެރި ފިޔަވަޅަށް ތައުރީފު ކުރަމު؛
-
ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ބައި އަދާކުރާ ފަރާތަށް ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ސުލްހަ ގާއިމްކުރުމުގެ ފިޔަވަޅުތަކަށް ބުރޫއަރާ ކަމެއް ކަމުގައިޮ ބަލަމު؛
-
ގަތަރާ އެކު ސާބިތުކަމާއެކު އެއްބައިވަންތަކޮށް ތިބިކަން ޔަގީން ކޮށްދެމުން ޤަތަރުން އަޅާ ފިޔަވަޅުތަކަށް ތާއީދުކުރާކަމު؛
-
އިސްރާއީލުން ގަތަރަށް ދިން ފިނޑި އަދި ޣައިރު ޤާނޫނީ ހަމަލާ އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމު؛
-
އިސްރާއީލުން ގަތަރަށް ދިން ޣަދަރުވެރި ހަމަލާގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާށ ކަމަށް ދެކެމު؛
-
މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށާއި ސުލްހައާއި ސިލްމަ ޤާއިމް ކުރުމަށް ޤަތަރުން ކުރާ މަސައްކަތަށް ތައުރީފު ކުރަމު؛
-
ޣައްޒާގައި ހިންގަމުންދާ އުދުވާން ހުއްޓުވުމަށް މެދުވެރިންގެ ދައުރު އަދާ ކުރާ ގަތަރާއި މިސްރާއި އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ތާއީދުކުރަމު؛
-
އެއްވެސް ބަހަނާއެއްގައި ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ފައްސާލުމަށް އިސްރާއީލުން ކުރަމުންދާ ކަންކަން ކުށްވެރިކުރާ ކަން ކަށަވަރު ކޮށްދެމު؛
-
އަރަބި އިސްލާމީ ގައުމުތަކުގެ ޖަމާޢީ ސަލާމަތާއި އަމާން ކަން ކަށަވަރު ކުރަމު؛
-
މި ސަރަހައްދުގައި އާ ނިޒާމެއް މަޖުބޫރު ކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތާ ދެކޮޅު ހަދާކަން ކަށަވަރުކޮށްދެމު؛
-
މި ހަމަލާގެ މަޤްޞަދަކީ ޣައްޒާއަށް ދެމުންދާ އުދުވާން ހުއްޓުވުމަށް ކުރާ މަސައްކަތަށް ބުރޫ އެރުވުން ކަމަށް ދެކެމު؛
-
އިޒްރޭލުން އަލުން ގަތަރަށް އަމާޒުކޮށްގެން އަލުން ހަމަލައެއް ދީފާނެ ފުރުސަތު އޮތުމުން އެކަންވެސް ކުށްވެރިކުރަމު؛
-
އެއްވެސް ބަހަނާއެއްގައި އިސްރާއީލުގެ އއުދުވާނުގެ ދިފާއުގައި ހުރިހައި މަސައްކަތްތަކަށް ދެކޮޅު ހަދަމު؛
ސަމިޓްގެ ތަގްރީރުތަކުން:
މި ސަމިޓްގައި އެންމެ ކުރު ބަޔާނެއް ދިނީ ސޫރިޔާގެ ޝެއިޚު ޖައުލާނީ ރައީސެވެ. އޭނާ ޅެމެއްވެސް ވިދާޅުވިއެވެ.
އުންމަތުގެ އެއްބައިވަންތަކަމަށް ގޮވައި ލެއްވީ އީރާނުންނެވެ.
އެނެމް ހަރުކަށި ފިޔަވަޅުތައް އިޒްރޭލާ ދެކޮޅަށް އެޅުމަށް ގޮވާލީ ޕާކިސްތާންގެ ރައިސާއި މެލޭޝިއާގެ ބޮޑު ވަޒީރެވެ.



