ޗާލީ ކާކް މަރާލީ އަޑީ ދައުލަތުން ބާ؟ ސޯޝަލް މީޑިއާގައި ޝައްކުތައް ގިނަވެއްޖެ

އެމެރިކާގެ ކަނާތުފިޔާގެ ހަރުކަށި ފިކުރުގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފޮނުވި މެސެޖުތަކެއް ކަމަށް ބުނެ މަސްއޫލު ފަރާތްތަކުން ހާމަކުރި މެސެޖުތަކާ މެދު ގިނަ ބަޔަކު ޝައްކު ކުރަން ފަށައިފިއެވެ.

ޔޫޓާ ސްޓޭޓްގެ ޕްރޮސެކިއުޓަރުން ވަނީ އުމުރުން 22 އަހަރުގެ ޓައިލަރ ރޮބިންސަން އޭނާގެ ލޯބިވެރިޔާއަށް ފޮނުވި ކަމަށް ބުނާ މެސެޖުތައް އާންމުކޮށްފައެވެ. އެއާއެކު ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި، އިންފުލުއެންސަރުން ވަނީ މި މެސެޖުތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި މެސެޖުތަކަކީ މަސްއޫލުވެރިން އަމިއްލައަށް އުފައްދާފައިވާ މެސެޖުތަކެކެވެ.

ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މެސެޖުތަކުގެ ބަހުރުވައާއި ރާގަކީ 22 އަހަރުގެ މީހަކު ބޭނުންކުރާނެ ބަހުރުވައެއް ނޫން ކަމަށެވެ. އަދި މީގެ އިތުރުން، މަރާލި ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައިވާ ކަމަށް ބުނެ، އެއީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ފާހަގަކުރެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވަޒަން އައިސްފައިވާ ދިމާއާއި އޭގެ އަމާޒާއި އެކަމުގެ އުދަގޫކަމުން، އެއީ އުމުރުން 22 އަހަރުގެ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އެހައި އަމާޒަށް ބަޑި ޖެހޭނީ އަމާޒަށް ބަޑިޖެހުމުގެ ތަމްރީނު ހޯދުމަށް އުމުރު ހޭދަކޮށްފައިޥާ މީހަކަށ ްކަމަށް އެފަރާތްތަކުން ބުނެއެވެ.

މިކަމުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެމެރިކާގައި މިހާރު ސިޔާސީ ގޮތުން ފިކުރު ދެބައިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ކޮންސްޕިރަސީ ތިއަރީތަކަށް ދެފިކުރުގެ މީހުން ވެސް އެއްބަސްވާ ކަމެވެ.

މި މައްސަލައިގައި ތަޙްޤީޤު ކުރިއަށްދާއިރު، މަސްއޫލު އިދާރާތަކުން އިތުރު ހެކި ހާމަކުރުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް އެނގޭ ހުރިހާ ފަރާތްތަކުން އެކަން އާންމު ކުރުމަށް އެބައި މީހުން ދަނީ އެދެމުންނެވެ.

ހިއްސާ ކުރައްވާ!