ބައިޑެން ނިކަމެތިވެ އެހީތެރިވާނެ ފަރާތެއް ނެތި ދަތި ހާލުގައި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން މިހާރު ވަނީ މާލީ ގޮތުން ދަތި ހާލެއްގައެވެ. އުމުރުން 82 އަހަރުގެ ބައިޑެންއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނެތުމުން، އެތައް ދަރަންޏެއް ނަގައި، އާދައިގެ ދިރިއުޅުމެއް އުޅެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

2023 ވަނަ އަހަރު 619،000 ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބުނު ނަމަވެސް، ބައިޑެންގެ ބޮލުގައި ގިނަ ލޯނުތަކެއް ވަނީ އެޅިފައެވެ. މީގެ ތެރޭގައި ވިލްމިންގޓަންގައި ހުންނަ އޭނާގެ ގެ ރަހުނުކުރުމާއި ރެހޮބޮޓް ބީޗްގެ ޕްރޮޕަޓީ މޯގޭޖުކޮށްގެން ނަގާފައިވާ 250،000 ޑޮލަރުގެ ހޯމް އިކުއިޓީ ލޯނު ހިމެނެއެވެ. އަދި، 50،000 ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ 15،000 ޑޮލަރުގެ ބޭންކް ލޯނެއް ވެސް އޭނާގެ ދަރަނީގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާގެ ރައީސުން ރިޓަޔާ ވުމަށްފަހު އާންމުކޮށް ފައިސާ ހޯއްދަވަނީ ފޮތް ލިޔުއްވުމާއި ތަޤްރީރު ކުރެއްވުމުންނެވެ. ނަމަވެސް ބައިޑެންގެ އުމުރު މަތިވުމުގެ ސަބަބުން މިފަދަ މަސައްކަތްތަކުން އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ. އޭނާ އެކަމަށްޓަކައި އުފެއްދި ކުންފުނި ސެލްޓިކްކެޕްރީ ކޯޕްގެ އާމްދަނީއަށް އޭނާ ލިޔުއްވާފައިވާ ފޮތްތަކުން ރޯޔަލްޓީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ އެންމެ 3،100 ޑޮލަރެވެ.

ބައިޑެން އަކީ ގިނަ އިންތިޚާބުތައް ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އޭނާގެ އިންތިޚާބަށް ޚަރަދު ކޮށްދިން ފަރާތަކީ، ޔަހޫދީ ދައުލަތުގެ ހިމާޔަތުގައި އެމެރިކާ ސަރުކާރު ކޮންތްރޯލު ކުރާ އައިޕެކް އެވެ. ނަމަވެސް މިހާރު އެހުރިހައި އެންމެން ވަނީ އޭނާއާ ދުރަށް ޖެހިފައެވެ.

2024 ވަނަ އަހަރު ރިއާސީ އިންތިޚާބަށް ބައިޑެން އަލުން ކުރިމަތިލެއްވުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ ފަރާތްތަކުން މާޔޫސްކަން ފާޅުކޮށްފައިވުމުގެ ސަބަބުން ޕާޓީގެ ސަޕޯޓަރުންގެ ފަރާތުންވެސް އޭނާއަށް މާލީ އެހީތެރިކަމެއް ނުލިބެއެވެ.

ކުރީގެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަންއާއި ބަރަކް އޮބާމާއާ ޚިލާފަށް، ބައިޑެންއަކަށް މިހާރަކު އެހީދޭ ފަރާތްތަކުގެ އެހީތެރިކަމާއި އިވެންޓް އިންތިޒާމްކުރާ ފަރާތްތަކުގެ އޯޑަރުތަކެއް ލިބިވަޑައި ނުގަންނަވައެވެ.

އިޒްރޭލުގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައި ކުރިން ހުންނެވި ބައިޑެންއަށް، މިއަދު އޭނާގެ ނިކަމެތި ހާލުގައި އެހީތެރިވާނެ އެއްވެސް ފަރާތެއް ނެތުމުން، އޭނާ ދިރި އުޅުއްވަމުން ގެންދަވަނީ ވަރަށް ސާދާ ގފޮތަކަށެވެ. ދަތުރުފަތުރު ކުރައްވަނީ ވެސް އާންމު އެއަރލައިންތަކުގެ އިކޮނޮމީ ކްލާހުގައެވެ. އަދި ފަރިއްކުޅުއްވާއިރު ވަޑައިގަންނަވަނީވެސް އާދައިގެ ރެސްޓޯރެންޓްތަކަށެވެ.

ހިއްސާ ކުރައްވާ!