އދ. ގެ މެމްބަރު ގައުމުތަކުން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވޯޓު ދީފިނަމަ، އެއީ އިސްރާއީލުގެ އުދުވާން ބައިނަލްއަޤްވާމީ ފެންވަރުގައި ކުށްވެރި ކުރުމަށް އިތުރު ބާރުތަކެއް ފޯރުކޮށްދެވިދާނެ ޑިޕްލޮމެޓިކް އަދި ސިޔާސީ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެއެވެ. މި ބަލައިގަތުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ސިޔާސީ ބާރުވެރިކަން ލިބިގެންދާނެ ކަމެކެވެ. އަދި ދެ ދައުލަތުގެ ހައްލަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެކެވެ. ނަމަވެސް އެއީ އަމަލީ ގޮތުން ފުރިހަމައަށް މަސައްކަތްކުރާ ދައުލަތެއް އޮޓަމެޓިކުން އުފެދިގެންދާނެ ކަމެއް ނޫނެވެ.
މިހާރު ފަލަސްތީނަކީ އދ. ގައި "މެމްބަރު ނޫން އޮބްޒާވަރ ދައުލަތެއް" ގެ ހައިސިއްޔަތު 2012 ގައި ލިބިފައިވާ ގައުމެކެވެ. އދ. ގެ ޖެނެރަލް އެސެމްބްލީން ބަލައިގަތުމުން ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރޝިޕް ހޯދުމަށް މަގުފަހިވެގެން ދާނެއެވެ. ނަމަވެސް އެކަމަށް އދގެ ސެކިއުރިޓީ ކައުންސިލްގެ ހުއްދަ ބޭނުންވެއެވެ. އެ މަޖިލީހަކީ އެމެރިކާއިން ފަލަސްތީނާ ގުޅޭ ކަންކަމުގައި އާންމު ބައްޔެއްގެ ގޮތުގައި ވީޓޯ ބޭނުންކުރަމުން އަންނަ ޔަހޫދީ ދައުލަތުގެ ޖަރީމާތަކަށް ވާގިވެރިވާ މަޖިލީހެކެވެ.
ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުގައި ފަލަސްތީނުގެ ހައިސިއްޔަތު ވަރުގަދަވެގެން ދާނެއެވެ. އަދި ގަދަ ބާރުން ބިން ހިފުމާއި ހަނގުރާމައިގެ ކުށްތަކާ ގުޅޭ މައްސަލަތައް ބެލުމުގައި ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމާއި ފަލަސްޠީނުގެ ޝަރުއީ ހައިސިއްޔަތު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ފަލަސްތީން ބަލައިގަންނަ ގައުމުތަކުން ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށް ނުވަތަ ސިޔާސީ ގުޅުމުގެ ފެންވަރު މަތިކޮށް، އެހީތެރިކަމާއި ސިޔާސީ އެއްބާރުލުން އިތުރު ކުރަމުންދާނެއެވެ.
ނަމަވެސް، އދ. އިން ބަލައިގަތުމަކުން އިޒްރޭލުގެ ހޮލޮކޯސްތްގެ އުދުވާނީ ހަގީގަތްތަކަށް ބަދަލެއް ނާންނާނެއެވެ.





