އެމެރިކާގެ ރައީސް އދގައި ދިން ތަގްރީރުގައި ދުނިޔޭގެ ހުރިހައި ގައުމަކަށް ބަވާފައި ވެއެވެ. އަދި ވަކިން ޚާއްސަކޮށް މުސްލިމުންނާ މެދު އޭނާގެ ނަފްރަތުކަން ސާތިބުކޮށްދީފައި ވެއެވެ. ޓްރަމްޕް ވަނީ ލަންޑަނަށް ކުރި ދަތުރުގައިވެސް ސާދިޤް ޚާނާ ޖައްސާލާފައެވެ.
ލަންޑަނުގެ މޭޔަރު ސާދިޤް ޚާން ވިދާޅުވީ ޓްރަމްޕް ގހަދާ ދޮގުތަކާ ޚިލާފަށް ލަންޑަނަކީ އެމެރިކާގެ ސިޓީތަކަށް ވުރެން މާ އަމާން ސިޓީއެއް ކަމަށެވެ. އަދި އެކަން ސާބިތުވާ ކަމަކީ ގިނަ އަދަދެއްގެ އެމެރިކާ މީހުން ޓްރަމްޕްގެ ވެރިކަމުގައި އެމރިކާގައި އުޅެން ބޭނުން ނުވާތީ ލަންޑަނަށް ހިޖުރަ ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސާދިގް ޚާން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މޮޔަ ކުޑަ ކުއްޖެއްހެން ދެފައި ތަޅައިގެން ހޯއްބޯއް ލަވާ މީހެއް ކަމަށާއި އޭނާ އަކީ "އިސްލާމްދީން ދެކެ ރުޅިއަންނަ" އަދި "ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ" މީހެއްކަމަށެވެ.
ޓްރަމްޕް ވަނީ އޮޅުވާލައި މުސްލިމުންނާ މެދު ދުނިޔޭގެ ފެންވަރުގައި ނަފްރަތު އުފެއްދުމަށް ލަންދަންގައި ސާދިގް ޚާން އިސްލާމީ ޝަރީއާ ތަންފީޒު ކުރައްވަން އުޅޭ ކަމަށްވެސް ބުނެފައެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ފަހގުވެސް މި ބަލިކަށި އުންމަތުގެ ނިކަމެތި ވެރިން ވަނީ ޓްރަމްޕް ކައިރިއަށް ގޮސް ޚުޝާމަދުކޮށްފައެވެ. އިޒްރޭލުން ހިންގާ ޖެނޮސައިޑަށް ވާގިވެރިވާ އިސް ފަރާތަކީ އެމެރިކާއާއި ތްރަމްޕް ކަމަށް ވާއިރު މިމީހުން އަދިވެސް މަދަދަށް އެދި ސުލްހައަށް އެދި ގޮވާލާފައި ވަނީ އޭނާއަށެވެ.
ލޭބަރ ޕާޓީގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ސާދިޤް ޚާނާއި ރިޕަބްލިކަން ޕާޓީގެ ޓްރަމްޕާ ދެމެދު އަހަރުތަކެއް ވަންދެން ދެބަސްވުންތައް ހިނގަމުން އައިސްފައިވެއެވެ.
ސާދިޤް ޚާންއާ ޚިލާފަށް ތްރަމްޕަކީ އަންހެނުން ރތޭޕްކުރުމުގެ ދައުވާގައި ކުށް ސާތިތު ވެފައިވާ މުޖުރިމެކެވެ. އޭނާ ރިއާސީ އިންތިޚާބު ކާމިޔާބު ކުރުމުން އޭނާއަށް ހުކުމެއް ކޮށްފައި ނުވަނީއެވެ. އަދި ޓްރަމްޕަކީ ކަސްބީންގެ ދައްލާލް ޖެފްރީ އެޕްސްޓެއިންއާ ގާތް ގުޅުމެއް ބޭއްވި އޭނާގެ ފުށުން ފައިދާ ލިބިގަތް މީހެއްކަމަށްވެސް މީޑިއާިއން ބުނާ މީހެކެވެ.






