ޣައްޒާ ބަނޑުދަށު ލުމަށް ޓްރަމްޕް ހުށަހަޅާ 20 ނުކުތާގެ ޕްލޭން

މިއީ ޣައްޒާ ހިފުމަށް ޓްރަމްޕް ރާވާފައިވާ 20 ނުކުތާގެ ޕްލޭންގެ ޚުލާސާ:

(ތަރުޖަމާ ހުށަހަޅާފައި ވަނީ ޓްރަމްޕްގެ ދެލިކޮޕީގެ ބަސްމަގާ އެއްގޮތް ވާ ގޮތަށެވެ.)

  1. ޣައްޒާ ޑިރެޑިކަލައިޒްކުރުން: ޣައްޒާއަކީ ޓެރަރިޒަމް ފްރީ ޒޯނަކަށް ވުން ކަށަވަރުކުރުން.
  2. އަލުން ތަރައްޤީކުރުން: ޣައްޒާގެ ރައްޔިތުންގެ ފައިދާއަށްޓަކައި ޣައްޒާ އަލުން ބިނާކުރުން.
  3. ވަގުތުން ހަނގުރާމަ ހުއްޓާލުން: ހަނގުރާމަ ނިމޭނީ ދެފަރާތުން އެއްބަސްވެއްޖެނަމައެވެ.
  4. އިސްރާއީލުން ޣައްޒާއިން ބޭރުވުން: ރަހީނުން ދޫކޮށްލުމަށް ތައްޔާރުވުމަށް ޓަކައި ޔަހޫދީ ސިފައިން ފަހަތަށް ޖައްސާނެއެވެ.
  5. ހަނގުރާމައިގެ އަސީރުން އެނބުރި ދިއުން: ހުރިހާ އަސީރުން (ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން) 72 ގަޑިއިރުގެ ތެރޭގައި އެނބުރި އައުން.
  6. ފަލަސްޠީނުގެ ޤައިދީން ދޫކޮށްލުން: އިސްރާއީލުން އުމުރަށް ޖަލަށްލާފައިވާ 250 ގައިދީންނާއި 1،700 ޣައްޒާގެ މީހުން ދޫކޮށްލުން.
  7. ގަބުރުތައް ބަދަލު ކުރުން: މަރުވެފައިވާ އިސްރާއީލުގެ ކޮންމެ ގައިދީއެއްގެ ގަބުރެއްގެ ބައިތަކަށ ޣައްޒާގެ 15 ގަބުރު އަނބުރާ ހަވާލުރުން.
  8. ހަމާސްގެ މީހުންނަށް އަފޫއާންމެއް: ސުލްހަވެރި ހަމާސްގެ މެމްބަރުންނަށް އަފުއާންމެއް ދީ އެމީހުންނަށް އަމާން ކަމާއެކު ބޭރުވާން ދިނުން.
  9. އިންސާނީ އެހީ: ފުރިހަމަ އެހީ ވަގުތުން ޣައްޒާއަށް ވަނުމަށް ހުއްދަ ދިނުން. އަދި ޖެނުއަރީ 2025 ގެ އެހީ ވެއްދި މިންވަރާ އެއްވަރަށް އެހީ ވެއްދުން.
  10. އެހީ ބަހާ ގޮތް މޮނީޓާ ކުރުން: އދ، ރެޑް ކްރެސެންޓް، އަދި ވަހި ފަރާތަކަށް ނުޖެހޭ އިދާރާތަކުން އެހީ ބެހުމުގެ ކަންކަން ބެލެހެއްޓުން.
  11. ރަފަޙަ ހުރަސްކުރުން: ޖެނުއަރީ 2025 ގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން އަލުން ރަފަހަ ހުޅުވުން.
  12. ފަލަސްޠީނުގެ ފަންނީ ބަޔަކު ވެގެން ޣައްޒާ ހިންގުން: ޣައްޒާ ހިންގާނީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ފަލަސްތީނުގެ ކޮމިޓީއަކުން.
  13. ސުލްޙަ ބަލަހައްޓާ ކޮމިޓީ: ޓްރަމްޕް އިސްކޮށް ހުންނަވައިގެން ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އިދާރާއަކުން ޣައްޒާ އަލުން އާރާސްތު ކުރާ ގޮތް ބަލާނެ.
  14. އިޤްތިޞާދީ ޕްލޭން: ތަޖުރިބާކާރުންގެ ޕެނަލުން ޣައްޒާގެ އިޤްތިޞާދު އާލާކުރުމުގެ މަސައްކަތް ބައްޓަން ކުރާނެ.
  15. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު: އިސްތިސްނާ މިނިވަން ވިޔަފާރީގެ ޝަރުޠުތަކާ ބެހޭގޮތުން މަޝްވަރާކުރުން.
  16. އަމިއްލަ އިޚުތިޔާރުގައި ބޭރުވުން: މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށްލުވާކަށް ނުވާނެ. އަމިއްލަ އިޚުތިޔާރުގައި ފުރައިގެން ނުވަތަ އެނބުރި އައުމުގެ މިނިވަންކަން ލިބިގެންވޭ.
  17. ހަމާސްގެ ވެރިކަމުގެ ބާރެއް ނެތުން: ޣައްޒާގައި ވެރިކަން ކުރުމުގެ އެއްވެސް ދައުރެއް ހަމާސަށް ލިބިގެނެއް ނުވާނެ.
  18. ފަލަސްޠީނު މީހުން ހަތިޔާރު ނުގެންގުޅޭ ސަރަހައްދަކަށް ހެދުން: ޣަައްޒާގައި ހުރިހާ ހަތިޔާރެއް އަތުލައި ޓެރަރިޒަމްގެ އިންފްރާސްޓްރަކްޗަރ ރޫޅާލުން.
  19. އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް): ޣައްޒާ ހަމައަކަށް އެޅުވުމަށް ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ލަޝްކަރަކުން ސަލާމަތާއި ބޯޑަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ.
  20. ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް މަގު ކޮށުން: ފަލަސްތީނުގެ އަމިއްލަ ސިޔާދަތީ ނިންމުން ނިންމުމަށް ސުލްހައަށް މަޝްވަރާ ފަށަންވާނެ.

ބައެއް ޕޮއިންޓްތައް މިނޫން ގޮތްގޮތަށްވެސް އެހެން ރިޕޯޓްތަކުގައި ގެނަސްދީފައި ވެއެވެ.

ހަމާސް އިން ނޫނެކޭ ބުނެފިނަމަ "އިސްރާއީލުން ކުރަން ޖެހޭ ކަމެއް ކުރުމަށް އެމެރިިކާއިން ފުރިހަމަ އިޚުތިޔާެރު އިސްރާއީލަށް ދޭނެ" ކަމަށްވެސް މިކަން އިއުލާން ކުރަމުން ޓްރަމްޕް ބުންޏެވެ.

ހިއްސާ ކުރައްވާ!