ދެކުނު އެފްރިކާގެ އެމްބެސެޑަރު ފެނުނީ މަރުވެފައި އޮތްވައި

ފްރާންސްގައި ހުންނަ ދެކުނު އެފްރިކާގެ އެމްބެސެޑަރު ޕެރިހުގެ ހޮޓަލެއްގެ ކައިރިން ނިޔާވެފައި ފެނިފައިވާ ކަމަށް ފްރާންސްގެ އިދާރާތަކުން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ. ފްރާންސްގެ ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި ދެކުނު އެފްރިކާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ޑިޕާޓްމަންޓުން ދަނީ ރަސްމީ ބަޔާނެއް ނެރުމަށް ވެސް ތައްޔާރުވަމުންނެވެ.

 

ހިއްސާ ކުރައްވާ!