ބަރުދަން ލުއި ނުކުރުމުން އަނބިމީހާ މަރާލައިފި

ވިހެއުމަށްފަހު އަނބި މީހާ ބަރުދަން ލުއި ނުކުރުމާ ގުޅިގެން ދެމަފިރިން ޒުވާބު ކުރުމަށްފަހު އެމެރިކާގެ ފިރިމީހާ އޭނާގެ އިނގިރޭސިވިލާތުގެ އަންހެނުން މަރާލައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.

މަރާލާފައިވާ އަންހެން މީހާއަކީ 37 އަހަރުގެ ޖޯން ބަނިޔަންއެވެ. އޭނާއަކީ ގާނޫނީ ވަކީލަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެމެރިކާއަށް ހިޖުރަކުރި މީހެކެވެ. ވޭތުވެދިޔަ އަހަރު އޭނާ ވަނީ އިމިގްރޭޝަންގެ މައްސަލަތކުގައި ވަކާލާތުކޮށްދޭ ލީގަލް ސަރވިސް އޮފީހެއް ހުޅުވައިފައެވެ. އެމެރިކާ ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރުގެ ޖޮނަތަން އެންތޯނީ ރެންޓެރިއާ އެވެ. އޭނާއާ ދެކޮޅަށް މީހަކު މަރާލުމުގެ ދަޢުވާގެ އިތުރުން، މައްޔިތާގެ ގަބުރު  ފޮރުވުމާއި މަރާލާފައިވާ މީހަކަށް އިހާނެތިކޮށް ހިތުމުގެ ދަޢުވާވެސް އުފުލާފައިވެއެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް 4 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ތަޙުޤީޤުގައި ރެންޓެރިއާ ވަނީ ޖަރީމާއަށް އިޢުތިރާފުވެފައެވެ. އަދި އޭނާ ބުނެފައި ވަނީ ވިހެއުމަށްފަހު ބަރުދަން ލުއި ނުކުރުމާ ގުޅިގެން ދެމަފިރިން ޒުވާބުކޮށް އަނބިމީހާ ދަރިފުޅު ގޮވައިގެން ގެއިން ނިކުމެގެންދން ސާމާނުތައް ޕެކްކުރަން ފެށުމުން ކަރުގައި ހިފައި އަންހެން މީހާ މަރާލީ ކަމަށެވެ.

އަވަށްޓެރިންގެ ބަހުން އެނގޭ ގޮތުގައި މަރުވި އަންހެން މީހާ އުޅެމުން އައީ ގެވެށި އަނިޔާގެ ވެށްޓެއްގައެވެ. އަވައްޓެރިން ބުނާ ގޮތުގައި ފިރިމީހާ އަބަދުވެސް އަނބިމީހާގެ ސިފަކިޔައި އޭނާގެ ބަރުދަނަށް ފާޑުކިޔައި، ބައެއް މީހުންނާ ބައްދަލުކުރުން މަނާކުރަމުން ގެންދިޔަ އެވެ.

އަންހެން މީހާ ވަޅުލުމަށް އިނގިރެސިވިލާތަށް ގެންދިއުމަށް ގޯފަންޑް މީ މެދުވެރިކޮށް ޗަންދާ އެއްކުރަން ކުރި މަސައްކަތުން މިހާތަނަށް 7 ހާސް ޕައުންޑް ލިބިފައި ވެއެވެ.

 

ހިއްސާ ކުރައްވާ!