އެމެރިކާ ސަރުކާރުގެ ބަޖެޓް ހުސްވުމާ ގުޅިގެން ތަޅު އަޅުވައިފިއެވެ. ބައިޑެންގެ ސަރުކާރުގެ ޑެޕިއުޓީ އެސިސްޓެންޓެއްގެ މަގާމު ފުރި ޑާން ކޯހްގެ ޕޮޑްކާސްޓެއްގައި ބުނެފައި ވަނީ އެމެރިކާ ސަރުކާރުގައި ތަޅު އެޅުވުިނަމަވެސް އިންތިޚާބު ކޮށްފައިވާ ކޮންގްރެސްގެ މެމްބަރުންނަށް ބަރާބަރަށް މުސާރަ ލިބޭނެ ކަމަށެވެ. ނަމަވެސް ދޮރުވާނުންނާއި ޗަޕްޅާސީންނަށް މި މުއްދަތުގައި މުސާރައެއް ނުލިބޭނެ ކަމަށެވެ.
އެމެރިކާ ސަރުކާރުގައި ތަޅު އަޅުވާއިރު ކޮންގްރެސްގެ މެމްބަރުންނަށް މުސާރަ ނުލިބޭ ގޮތަށް ގާނޫނެއް ފާސް ކުރަން މީގެ ކުރިން އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ. އެކަންކަން ވަނީ އަބަދުވެސް ފޭލިކޮށްލާފައެވެ.
ކޮންގްރެސްގެ ބައެއް މެމްބަރުން މީސްމީޑިއާގައި ފާޅުގައި ބުނެފައި ވަނީ ޓްރަމްޕަށް ފިއްތަން ވެގެން އެމީހުން ބަޖެޓް ފާސްނުކޮށް ސަރުކާރުގައި ތަޅު އެޅުވީ ކަމަށެވެ! އާންމުން ވަނީ އެ މެމްބަރުންނަށް ފާޑު ކިޔާފައެވެ.





