ފްރާންސްގެ ރީޓެއިލް ވިޔަފާރި ހިންގާ ބިޔަ ކުންފުނި ކަރފޯރގެ ފިހާރަތައް އަރަބި 4 ގައުމެއްގައި ބަންދުކޮށްފިއެވެ.
ފްރާންސްގެ މި ކުންފުންޏަކީ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާތާ އަހަރުތަކެއް ވެފައިވާ ކުންފުންޏެކެވެ. ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ތުހުމަތު ކުރަނީ މި ފިހާރަތަކަކީ ޔަހޫދީ ހޮލޮކޯސްޓް ހިންގާ އިސްރާއީލުން ހިފާފައިޥާ ފަލަސްޠީނުގެ ބިންތަކުގައި އިންދާފައިޥާ ޔަހޫދީ ބަސްތީތަކުން އުފައްދާ އުފެއްދުންތައް ވިއްކައި، ޔަހޫދީ ޒަޔަނިސްޓު ކުންފުނިތަކާ ގުޅުން ބަހައްޓާ ފިހާރަތަކެއް ކަމަށެވެ.
ފަލަސްޠީނަށް ތާއީދު ކުރާ މީހުން ހިންގަމުން ގެންދާ ބޮއިކޮޓް ކުރުމުގެ ހަމަލަތައް ކާމިޔާބު ވުމުން ސްޓާބަކްސް ފަދަ ޔަހޫދީންގެ ހޮލޮކޯސްޓަށް ވބާގިވެރިވާ ކުންފުނިތަކުގެ ވިޔަފާރިތަކަށް އަސަރުކޮށްފައި ވެއެވެ.






