އެމެރިކާގެ ކޯޓަކުން ވަނީ އުމުރުން ތެޔާޅީސް އަހަރުގެ އެލި ޒަބަތު ވުލްފު 5 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފައެވެ. ވުލްފަކީ ފަތާ ފެންގަނޑެއްގައި އުމުރުން 3 ރަބީޢުގެ މުސްލިމު ކުއްޖަކު ގަންބާލައިގެން މަރާލަން އުޅުނު މުޖުރިމެކެވެ.
އޭނާ ވަނީ ޝަރީއަތުގައި، 2024 ވަނަ އަހަރުގެ މެއި މަހު އޭނާ ހިންގި ޖަރީމާއަށް އެއްބަސްވެ އެކުއްޖާ މަރާލަން ބޭނުންވީ މުސްލިމެއް ކަމުގައިވާތީ ކަމަށް ބުނެފައެވެ. ޓެކްސަސްގައި ހިންގި މި ޖަރީމާއަށް ޙުކުމް ކޮށް ވުލްފަކީ ނަސްލީ ތަފާތު ކުރާ މީހެއް ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.
ސީބީއެސް ނިއުސް އާއި ފޯޓް ވޯތު ސްޓާ-ޓެލެގްރާމް އިން ރިޕޯޓްކޮށްފައިވާ ކޯޓު ރެކޯޑްތަކުން ދައްކާ ގޮތުގައި ގާޒީ އެންޑީ ޕޯޓާ މުޖުރިމަށް ހުކުމް އިއްވީ ކުއްޖާ މަރާލަން އުޅުމާއި ޖިސްމާނީ އަނިޔާ ކުރުމުގެ ކުށަށް އިއުތިރާފުވުމުންނެވެ.





