1 ޑޮލަރުގައި ޓްރަމްޕްގެ ފޮޓޯ ޖަހަނީ

އެމެރިކާގެ މިނިވަންކަމުގެ 250 އަހަރު ފާހަގަ ކުރުމަށްޓަކައި، 1 ޑޮލަރުގެ ފައިސާ ފޮއްޗެއް ނެރުމަށް ނިންމައިފިއެވެ. މި ފައިސާ ފޮތީގައި ހުންނާނެ ކަމަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯއެކެވެ. އޭނާ ހުންނަނީ އެމެރިކާގެ ދިދައިގެ ދަށުގައި މުށް ކަވައިގެންނެވެ. އަދި "ފައިޓް، ފައިޓް، ފައިޓް" މި ޢިބާރާތް ލިޔެފައި ހުންނާނެ ކަމަށް ވެއެވެ.

އެމެރިކާގެ ޓްރެޜަރަރ ބްރެންޑަން ބީޗް ވަނީ އެކްސް ގައި މި ފައިސާ ފޮތީގެ ކުރެހުމުގެ ޑިޒައިން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ފޮޓޯ ޖަހައިގެން ފައިސާ ފޮތި ނެރުމަކީ ދޮގު ޚަބަރެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ 250 އަހަރީ މުނާސަބާ ފާހަގަކުރުމަށާއި ޓްރަމްޕްއަށް ޝަރަފު ދިނުމަށް ތައްޔާރުކުރެވިފައިވާ މި ޑްރާފްޓްތަކަކީ ހަގީގީ އެއްޗެއް ކަމަށެވެ.

އެމެރިކާގެ ފައިސާގައި ދިރިހުރި މީހެއްގެ ތަސްވީރެއް ޖެހުމަކީ މަނާ ކަމެކެވެ. އެހެންވެ މި ފައިސާ ފޮތި ވެގެންދާނީ މުނާސަބާ ފާހަގަ ކުރުމަށް ނެރޭ ޚާއްސަ ސުވެނިއަރ ފައިސާ ފޮއްޗަކަށެވެ.

ހިއްސާ ކުރައްވާ!