ޓްރަމްޕާ ދެކޮޅަށް ޙުކުމް ކުރި ފަނޑިޔާރުގެ ގޭ އަންދާލައިފި

ސައުތު ކެރޮލައިނާގެ ފަނޑިޔާރު ގުޑްސްޓީންގެ ގެ މިދިޔަ ހަފްތާގައި އަންދާލައިފިއެވެ. މިކަން ހިނގީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނިސްބަތްވާ މައްސަލައެއްގައި އެތައް މިލިއަން ވޯޓަރުންގެ އަމިއްލަ މައުލޫމާތު ޓްރަމްޕްގެ ސަރުކާރާ ހިއްސާކުރުން ހުއްޓުވާލުމަށް ކޯޓުން ފަނޑިޔާރު ޙުކުމް ކުރިތާ ދެތިން ހަފްތާ ފަހުންނެވެ.

ހޮނިހިރު ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި ތިން މީހުން ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. މީގެ ތެރޭގައި ފަނޑިޔާރު ގުޑްސްޓީންގެ ފިރިކަލުން، ކުރީގެ ޑިމޮކްރެޓިކް ސްޓޭޓް ސެނެޓަރ އާނޯލްޑް ގުޑްސްޓީން ހިމެނެއެވެ. އޭނާ ސަލާމަތް ވީ ގެއިން ބޭރަށް ފުންމައި ލުމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ސަބަބު އަދި ވަނީ ނޭނގިއެވެ. ސްޓޭޓް ލޯ އެންފޯސްމަންޓް ޑިވިޜަނުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. ފަނޑިޔާރު ގުޑްސްޓީންގެ ނިންމުމާ ގުޅިގެން ޓްރަމްޕްގެ އިދިކޮޅު ފަރާތްތަކުން ބުނަނީ ޓްރަމްޕާ ދެކޮޅަށް އަމުރާއި ޙުކުމް ނެރޭ ފަނޑިޔާރުންނަށް އިންޒާރު ދީ، އެފަރާތްތަކުގެ އަމިއްލަ މައުލޫމާތު ނިޒާމީ ސިފައެއްގައި ހާމަކުރަމުންދާ ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ ސިޔާސީ ގޮތުން ރޭވިގެން ފަނޑިޔާރުންނަށް ބިރު ދައްކަން ހިންގި ކަމެކެވެ.

ހިއްސާ ކުރައްވާ!