އެމެރިކާ ސަރުކާރުގައި ތަޅު އެޅުވިތާ 6 ދުވަސް

އެމެރިކާ ސަރުކާރުގެ މަސައްކަތް ފެށުމަށް ބޭނުންވިއަސް ދެ ފަރާތުން ދަނީ ބާރު ދައްކަމުންނެވެ. އިދިކޮޅު ޕާޓީން ބުނަނީ ސަރުކާރުގެ މަސައްކަތް ފެށުމަށް ބަޖެޓަށް ވޯޓު ދޭނީ ސިއްޙީ ފަރުވާއަށް ދޭ އެހީ ކަނޑާނުލަން އެއްބަސް ވުމުންނެވެ.

ކުރިން ސަރުކާރު މުވައްޒަފުން ވަކިކޮށްލާނެ ކަމަށް ބުނެ ޓްރަމްޕް ބިރު ދެއްކުމަށްފަހު މިހާރު ވަނީ އެކަން ވެސް އަނބުރާ ގެންގޮސްފައެވެ.

ދެ ފަރާތުން އެއް ބަޔަކު އަނެއް ބަޔަކަށް މި ކަމުގައި ބަދުނާމު ކުރާއިރު އަދިވެސް އެމެރިކާ ސަރުކާރުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިފައިންގެ މުސާރަތައް ދިނުންވެސް ވަނީ ހުއްޓާލާފައެވެ.

ހިއްސާ ކުރައްވާ!