ފަލަސްޠީނު މިނިވަން ކުރުމަށް ޙަމާސްއިން އަޤްޞާ ޠޫފާންގެ ހަނގުރާމަ ފެށުމާއެކު ޔަހޫދީން ފެށި ޖެނޮސައިދަށާއި ހޮލޮކޯސްޓަށް އެމެރިކާއިން ބިލިއަނުން ފައިސާއާއުި ހަތިޔާރު ދީފައިވާކަން ހާމަވެއްޖެއެވެ.

އަޤްޞާ ޠޫފާނުގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށް މިއަދު އަންގާރަ ދުވަހު ޝާއިއުކުރި އާ އެކަޑަމިކް ދިރާސާއަކުން ދައްކާ ގޮތުގައި ކުރީގެ ރައީސް ޖޯ ބައިޑަން އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ ޔަހޫދީ ޖެނޮސައިޑް ހިންގުމަށް މަދުވެގެން 21.7 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޒަޔަނިސްޓް ޔަހޫދީ އިސްރާއީލަށް ފޯރުކޮށްދީފަ އެވެ.

ބްރައުން ޔުނިވާސިޓީގެ ވޮޓްސަން ސްކޫލް އޮފް އިންޓަނޭޝަނަލް އެންޑް ޕަބްލިކް އެފެއާޒްގެ ކޮސްޓްސް އޮފް ވާރ ޕްރޮޖެކްޓުން ޝާއިއުކުރި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ފާއިތުވި ދެ އަހަރު ތެރޭގައި އެމެރިކާއިން ވަނީ ޒަޔަނސްޓު ޖެނޮސައިޑް ހިންގުމަށް އިތުރު 10 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
މި ރިޕޯޓްތައް އެކުލަވާލުމުގައި ބަރޯސާވެފައިވަނީ އާންމު ކޮށް ލިބެން ހުރި މައުލޫމާތުގެ މައްޗަށެވެ. ނަމަވެސް ސިއްރުކޮށްފައިވާ މައުލޫމާތުގައި މިއަށް ވުރެން އަދަދު އިތުރު ވުމަކީ ގާތް ކަމެކެވެ.
އެމެރިކާ ސަރުކާރުންވެސް އަދި ވައިޓް ހައުސްއިންވެސް އަދި ޑިފެންސް ޑިޕާޓްމަންޓާއި ސްޓޭޓް ޑިޕާޓްމަންޓުންވެސް މިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ޒަޔަނސްޓުން ހިންގާ ޖެނޮސައިޑްގެ ކޮންމެ އުންޑައެއްވެސް އަދި ކޮންމެ ބަޑިބޭސްކޮޅެއް ގައިވެސް އެމެރިކާގެ ނިޝާން ހިމެނޭނެ އެވެ.






