މުމްބާއީ އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލް (އެމްއައިސީޓީ) އަކީ އިންޑިއާގެ ކަނޑުގެ އުއްމީދުތަކަށް ލިބުނު ކުރިއެރުމެކެވެ. އިންދިރާ ޑޮކްގައި ހަދާފައިވާ 64 މިލިއަން ޑޮލަރުގެ މި ފެސިލިޓީއަކީ 415،000 އަކަފޫޓުގެ ސަރަހއްދެއްގައި ހަދާފއިވާ ތަނެކެވެ. 4 ފަންގިފިލާއަށް ހަދާފައިވާ މި ފެސިލިޓީގައި އަހަރަކު އެއް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
އެމްއައިސީޓީން މުމްބާއީ ޕޮޒިޝަން ކުރަނީ މިއާމީ އާއި ސިންގަޕޫރު ފަދަ ގްލޯބަލް ކްރޫޒް ހަބްތަކާ އެއް ފެންވަރެއްގެ ޚިދުމަތަށެވެ.
915 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓާއެކު އެމްއައިސީޓީގައި ފަސް ޕައިންޖަރ ލައިނަރަށް ބަނދަރު ކުރެވޭނެއެވެ. އަދި އެތާގައި 72 އިމިގްރޭޝަން ކައުންޓަރު ބަހައްޓާފައި ވެއެވެ. އަދި ޕާކިންގ އޭރިއާގައި 300 އުޅަނދަށް މަޑު ކުރެވޭނެއެވެ.
މި ދިޔަ މަހު އިންޑިއާ ބޮޑު ވަޒީރު އިފްތިތާޙު ކޮށްދެއްވި މި ޓާމިނަލަކީ ފަތުރުވެރިކަމާއި އިންޑިއާގެ ނޫ އިގްތިސާދު ކުރިއެރުވުމަށް އަމާޒު ހިފާފައިވާ “ކްރޫޒް ބާރަތު މިޝަން” ގެ ބިންގާގެ ބައެކެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި އަހަރަކު 200 ކްރޫޒް ޝިޕް ގެ ދަތުރުތައް ލިބި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ވަޒީފާތަކާއި އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.





