އިކުއެޑޯގެ ރައީސްގެ މޮޓޯކޭޑަށް ބަޑިޖަހައިފި އެވެ. ނަމަވެސް އޭނާއަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޑޭނިއަލް ނޮބޯއާ ގެ ކާރަށް ބަޑިން ހަމަލަ ދިނީ އިކުއެޑޯގެ މެދުތެރޭގައި ފެން ސާފުކުރާ ޕްލާންޓެއް އިފްތިތާހު ކުރަމުން ދަނިކޮށެވެ. މީހުން އެނާއާ ދެކޮޅަށް އެތާގައި މުޒާހަރާ ކުރީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ.
މި ހަމަލާ ދީފައިވާއިރު އިކުއެޑޯގައި ކޮންމެ ދުވަހަކުވެސް މުޒާހަރާތައް ދަނީ ހޫނުވަމުންނެވެ.






