އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ އޭނާ މެދުއިރުމައްޗަށް ޒިޔާރަތް ކުރާނެކަން އިއުލާންކޮށްފައެވެ. އާދިއްތައިގެ ފަހުން އޭނާ މިސްރަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބުނެފައި ވަނީ މި ޒިޔާރަތަކީ ޓްރަމްޕްގެ ތާވަލުން ވަގުތު ތަންދޭނަމަ ކުރިއަށް ގެންދެވިދާނެ ދަތުރެއް ކަމަށެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވިދާޅުވެފައިވަނީ ޝަރަމުއްޝައިޚްގައި ކުރިއަށްދިޔަ މަޝްވަރާތައް ރަނގަޅު ދިމާލަކަށް ދިޔަ ކަމަށާއި ޣައްޒާގެ ހޮލޮކޯސްޓް ނިމުމަކަށް ގެނައުމަށް މިސްރު ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއްބަސްވުމަކަށް ވާހިނދު އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް މިސްރަށް ޒިޔާރަތް ކުރުމަށް ޓްރަމްޕަށް ދަޢުވަތު ދެއްވާ ކަމަށެވެ.
ޔަހޫދީ މުޖުރިމު ނަތަންޔާހޫ ވަނީ ތްރަމްޕް ޔަހޫދީންގެ ޕާލަމެންޓް ކެނެސެޓްގައި ތަގްރީރު ކުރުމަށް ސދައުވަތު ދީފައެވެ.
މިއަދާއަހަމަށް ޔަހޫދީން އެއްވެސް ސައްހަ އެއްބަސްވުމަކަށް އަމަލު ކޮށްފައެއް ނުވެއެވެ. މި އެއްބަސްވުން ވެސް ވަކިން އިސްތިސްނާވާނެ ކަމަކަށ ްނުބެލެވެއެވެ.






