ޓްރަމްޕްގެ ނިޔަތް އިޚުލާސްތެރިއެއް ނޫން ކަމަށް ބުނެފި

އެމެރިކާގެ "ދަ އިންޓަރސެޕްޓް" ވެބްސައިޓުން ޓްރަމްޕްގެ ޣައްޒާ ޕްލޭން ފާޑުކިޔައި މަޒުމޫނެއް ޝާއިޢުކޮށްފިއެވެ. މި މަޒުމޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ޕްލޭނަކީ ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ނިގުޅައިގަތުމަށް އަމާޒުކޮށްފައިވާ އިޤްތިޞާދީ އަދި ސިޔާސީ އިސްތިޢުމާރުގެ ރޭވުމެކެވެ.

މި ޕްލޭންގެ ދަށުން ޓްރަމްޕް އަމިއްލައަށް "ސުލްޙައިގެ މަޖިލިސް" އެއް އިސްކޮށް ހިންގާނެއެވެ. އަދި ޣައްޒާގެ އިޤްތިޞާދީ ތަރައްޤީއަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. ނަމަވެސް މި ޕްލޭންގެ އަސްލު މަޤްޞަދަކީ ޓްރަމްޕްގެ އާއިލާއާއި އޭނާގެ ވިޔަފާރި ބައިވެރިންނަށް މާލީ ފައިދާ ހޯދައިދިނުން ކަމަށް މަޒުމޫނުގައި ފާހަގަކޮށްފައިވެއެވެ.

މި ޕްލޭނުން ވަގުތީ ގޮތުން އަނިޔާވެރިކަން ހުއްޓުވިދާނެ ނަމަވެސް، މީގެ އަސްލު މަޤްޞަދަކީ ޓެކްނޮކްރެޓިކް ވެރިކަމެއް ގާއިމުކޮށް، ބޭރުގެ އަދި އާއިލީ ފަރާތްތަކަށް އިޤްތިޞާދީ ފައިދާ ހޯދައިދިނުން ކަމަށް މަޒުމޫނުގައި ބުނެފައިވެއެވެ. އަދި މި ޕްލޭން ބަލައިނުގަތުމަށް ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ދެމެހެއްޓުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!