ޖެނޮސައިޑަށް ހިތްވަރު ދީފަ މިއަދު ކޮން މޮޅު ވާހަކައެއް؟

ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހުދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރާނީ ހޯމަ ދވަހު ކަމަށް ޓްރަމްޕް ބުނެފިއެވެ.

ޔަހޫދީންގެ ޖެނޮސައިޑަށް މާލީ ގޮތުން ބިލިއަން ޑޮލަރުގެ މާލީއެހީއާއި ހައްދެއް ނެތް މިންވަރަށް ހަތިޔާރުދީ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުން ކޮށްގެން ޔަހޫދީ ޖެނޮސައިޑަށް ހިތްވަރު ދިން އެމެރިކާގެ ރައީސް ބުނަނީ މި ޖެނޮސައިޑް ހަނގުރާމަ ހުއްޓުވުމަށް ވެވުނު އެއްބަސްވުމަކީ އިސްރާއީލަށް ވެސް އަދި އަރަބި އަދި މުސްލިމް ޤައުމުތަކަށް ވެސް އަދި މުޅި ދުނިޔެއަށް ވެސް ލިބޭ ކާމިޔާބެއް ކަމަށެވެ. މި މަސައްކަތުގައި މިޞްރު، ޖޯޑަން އަދި އިންޑޮނޭޝިއާގެ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ. އަދި މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ އިތުރުން ޤަޠަރު، ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި މިޞްރު ފަދަ ގިނަ ޤައުމުތަކުގެ ރައްޔިތުން އުފާކުރަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސުއާލަކީ މިހާތަނަށް ޖެނޮސައިޑް ހިންގަން ޓްރަމްޕް ހިތްވަރު ދިނި ކީއްވެގެން ހެއްޔެވެ؟

ހިއްސާ ކުރައްވާ!