ތިމަންނާއަކީ ފަޚުރުވެރި ޒަޔަނިސްޓެއް ކަމަށް ބުނި މުސްކުޅި ރައީސް ޖޯ ބައިޑެން ކެންސަރަށް ފަރުވާ ހޯދަން ފަށައިފިއެވެ. މިދިޔަ މެއި މަހު ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނެވެ. މި ކެންސަރަކީ ވަރަށް ހަލުވިކޮށް ފެތުރޭ ބާވަތެއްގެ ކެންސަރެއް ކަމާއި، މިހާރު އޭނާގެ ކަށިތަކަށް ވެސް މި ކެންސަރު ބަލި ފެތުރިފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މިހާރު އޭނާއަށް ދެމުންގެންދަނީ ރޭޑިއޭޝަން ތެރަޕީ އާއި ހޯމޯން ފަރުވާއެވެ. ރޭޑިއޭޝަން ފަރުވާ 5 ހަފްތާއަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން އޭނާ ވަނީ ހޯމޯން ބޭސް ވެސް ބޭނުންކުރަމުން ގެންގޮސްފައެވެ.
ފާއިތުވި މަހު، ބައިޑެންއަށް ވަނީ ހަމުގެ ކެންސަރަށް ސަރޖަރީއެއް ވެސް ހަދާފައެވެ. އެ ސަރޖަރީއަށްފަހު އާންމު ކޮށް އޭނާ ފެންނައިރު އޭނާގެ ނިތްކުރީގައި ބޮޑު ސިއްކައެއް ހެން ބޭންޑޭޖެއް ފެންނަން ހުރެއެވެ. އަންނަ މަހު 83 އަހަރު ފުރޭ ކުރީގެ ރައީސް އުޅެނީ ދަރަނިވެރި ވެފައި އެކަނިވެރި ވެފައި ސިއްޙީ ގޮތުން ވޭންދެނިވި ހާލަތެއްގައެވެ!






