ޖެނޮސައިޑް ނިންނާލާ ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓާނީ ސީސީއާއި ޓްރަމްޕް

ޣައްޒާގައި ޔަހޫދީން ހިންގާ ޖެނޮސައިޑް ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުން ތަންފީޒު ކުރުމަށް ބާއްވާ ސޮއި ކުރުން މިއަދު އޮންނާނެ ކަމަށް މިސްރުން ބުނެފިއެވެ.

މި ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓާނީ މިސްރުގެ ރައީސް ސީސީއާއި އެމެރިކާގެ ޓްރަމްޕެވެ. އަދި 20 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިސްރުން ބުނެއެވެ. އޭގެ ތެރޭގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ، އިޓަލީގެ ޖޯޖިއާ މެލޯނީ، ސްޕެއިންގެ ޕެޑްރޯ ސަންޗެޒް އަދި ފްރާންސްގެ އެމެނުއެލް މެކްރޯން ހިމެނިވަޑައިގަންނަވައެވެ.

ޔަހޫދީންގެ ޖެނޮސައިޑް ބިރަކާއި ނުލައި ހިންގހާފައި ވަނީ އެމެރިކާއިން ފައިސާއާއި ހަތިޔާރު ދީލަތި ކަމާއެކު ދެމުން ދިއުމުންނެވެ.

އެމެރިކާގެ ފިއްތުމާއެކު ޔަހުދީން ވަނީ ޖެނޮސައިޑް ހިންގުން މަޑު ޖައްސާލަން އެއްބަސްވެފައެވެ. ނަމަވެސް ޔަހޫދީން އެއްބަސްވުމާ ޚިލާފްވާނީ ކިހާ އަވަކަށް ކަމެއް އަދި ޔަގީނެއް ނުވެއެވެ. ޔަހޫދީ ޒަޔަނިސްޓުންނަކީ އަހުދާ ޚިލާފްވުމުގައި ނަމޫނާ ދައްކާ ބައެކެވެ.

ޒަޔަނިސްޓު ފިކުރު ދެމިއޮތް ހައި ދުވަހަކު ފަލަސްޠީނު މީހުންނަށް މި މުސީބާތަކުން މިންޖެއް ނުވާނެތީ، ހަމާސްއިން ބުނެފައި ވަނީ ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

 

ހިއްސާ ކުރައްވާ!